އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެނގުން މުހިންމު މަޢުލޫމާތު-: ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ތަފާތު-

އެނގުން މުހިންމު މަޢުލޫމާތު-: ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ތަފާތު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 1 ސިކުންތު

ނަބީ ބޭކަލުންނަކީ އެބޭފުޅުންގެ މައްޗަށް ވަޙީ ބާވާލެއްވި އެހެންނަމަވެސް އެވަޙީ އެހެން މީހުންނަށް ތަބްލީޣް ކުރެއްވުމަށް އަމުރުވެވިފައިނުވާ ބޭކަލުންނެވެ. އަދިކިއެއްތަ، އެވަޙީ އާއި އެއްގޮތަށް އެބޭފުޅުންގެ ޢަމަލުތައް ސީދާ ކުރެއްވުމުން ފުދޭނެއެވެ. އެހެން މީހުންނާއި ހަމައަށް ތަބްލީޣް ކުރުން ނުވަތަ ފޯރު ކޮށްދިނުން ލާޒިމެއް ނޫނެވެ. 

ރަސޫލު ބޭކަލުންނަކީ އެބޭކަލެއްގެ މައްޗަށް ވަޙީ ބާވާލެއްވި، އަދި އެވަޙީ އެހެން މީހުންނަށް ތަބްލީޣް ކުރެއްވުމަށާއި، ޢަމަލު ކުރުމަށް އަމުރުވެވިގެންވާ ބޭކަލުންނެވެ. 

ކޮންމެ ރަސޫލަކީ ނަބިއްޔެކެވެ. ނަމަވެސް، ކޮންމެ ނަބިއްޔަކީ ރަސޫލެއް ނޫނެވެ. ރަސޫލު ބޭކަލުންނަށްވުރެ ނަބީ ބޭކަލުންގެ ޢަދަދު ގިނައެވެ. ކީރިތި ގުރްއާނުގައި ބައެއް ރަސޫލު ބޭކަލުންގެ ވާހަކަ ޛިކްރު ކުރެވިފައިވެއެވެ. އަނެއްބައި ބޭކަލުންގެ ވާހަކަ ޛިކްރު ކުރެވިފައި ނުވެއެވެ. 

ސޫރަތު ޣާފިރުގެ 78 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 

(وَلَقَدْ أَرْ‌سَلْنَا رُ‌سُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ ۗ وَمَا كَانَ لِرَ‌سُولٍ أَن يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّـهِ ۚ فَإِذَا جَاءَ أَمْرُ‌ اللَّـهِ قُضِيَ بِالْحَقِّ وَخَسِرَ‌ هُنَالِكَ الْمُبْطِلُونَ) 

މާނައަކީ: "ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ރަސޫލުންފޮނުއްވީމެވެ. އެ ރަސޫލުންގެ ވާހަކަ ތިމަންރަސްކަލާނގެ، ކަލޭގެފާނަށްކިޔައިދެއްވާފައިވާ ރަސޫލުން، އޭގެތެރެއިންވެއެވެ. އަދި އެ ރަސޫލުންގެވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިނުވާ ރަސޫލުންވެސްއޭގެތެރެއިންވެއެވެ. އަދި އެއްވެސް ރަސޫލަކަށް ﷲ ގެ އިޛަނަފުޅާލައިގެންމެނުވީ، އެއްވެސް މުޢްޖިޒާތެއް ގެންނެވުމެއް ނުވެއެވެ. ފަހެ، ﷲ ގެއަމުރުފުޅު އަންނަހިނދު، ޙައްޤަށް ނިޔާކުރައްވާހުށްޓެވެ. އަދި އެތާނގައި ބާޠިލުގެ އަހްލުވެރިން ގެއްލި ހަލާކުވެދާހުށްޓެވެ." والله أعلم 

(މިއީ ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންނާއި ދެމެދު ހުރި ތަފާތު ބަޔާން ކުރައްވައި ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން ލިޔުއްވާފައިވާ ބަސްފުޅެކެވެ.)

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް