އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާއަށް ތިއަ ހުރެވެނީ ﷲ ތަޢަލާ އެންމެ ބޮޑަށް ލޯބިފުޅުވެވޮޑިގަންނަވާ 7 ސިފައިގެ ތެރެއިން އެންމެ ސިފައެއްވެސް ލިބިގަނެވިގެންތަ؟

ތިބާއަށް ތިއަ ހުރެވެނީ ﷲ ތަޢަލާ އެންމެ ބޮޑަށް ލޯބިފުޅުވެވޮޑިގަންނަވާ 7 ސިފައިގެ ތެރެއިން އެންމެ ސިފައެއްވެސް ލިބިގަނެވިގެންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 21 ސިކުންތު

ހަމަޔަޤީނުންވެސް ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅަކު ކަމުގައި ވެވިއްޖެ ނަމަ އެއްވެސް ކަމެއް މަދުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އުފަލާއި ހިތްހަމަޖެހުން ނުލިބިގެން އުޅޭކަށްވެސް ނުޖެހޭނެއެވެ. އިން ޝާ ﷲ 

އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ ތިމާއަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅަކުކަމުގައިވުމެވެ. މިބަޔާންކުރަނީ އެފަދަ މީހަކަށް ވެވެން އޮތް 7 މަގެވެ. ނުވަތަ އެފަދަ މީހަކަށްވުމަށްޓަކައި ކުރަން އޮތް 7 ކަންތަކެވެ. ނުވަތަ އެމަތިވެރި ނިޢުމަތް ޙާޞިލުކުރެވެން އޮތް ސިފައެވެ. ތިބާ ބޭނުން ގޮތަކަށް މާނަކުރާށެވެ! 

ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންވާ 4 މީހުންނަކީ: 

1 ﷲ ތައާލާއަށްޓަކައި އެހެން މީހަކު ދެކެ ލޯބިވާ މީހާ 

މިބައިގައި ހިމެނެނީ ދީންވެރި، ތަޤްވާވެރި، ދީން އުނގެނޭ، ދީން މަތިވެރިކުރަން މަސައްކަތްކުރާ، ޞަދަޤާތްކުރާ މީހުން ފަދަ މީހުން ދެކެ ލޯބިވުމެވެ. 

2 އެހެން އެއްވެސް ބޭނުމެއް ނެތި ހަމައެކަނި ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން ބައްދަލުވުން ބާއްވައި ބައްދަލުވެ އުޅޭ މީހުން 

އެހެންވެ ޢުމަރު ބިން ޢަބްދުލްޢަޒީޒް ދުވަހުގެ މަސައްކަތްޕުޅު ނިންމަވައިލެއްވެވުމަށްފަހު ދީނުގެ ޢިލްމްވެރިން އެއްކުރައްވަވައި މަޖިލިސްކުރެއްވެވިއެވެ. 

3 ﷲ ތަޢާލާއަށްޓަކައި އެހެން މީހުންނަށް ޒިޔާރަތްކުރާ މީހުން 

4 ﷲ ތަޢާލާގެ މަގުގައި ހޭދަކުރާ މީހުން 

މިބައިގައި ހިމެނެނީ ހަމައެކަނި ފައިސާ އާއި މުދައު ހޭދަކުރާ މީހުންނެއް ނޫނެވެ. ޙާލުގައި ޖެހިފައިވާ މީހުންނާއިއެކު އެމީހުންނަށް ޚިދުމަތްކޮށްދޭން ވަގުތު ހޭދަކުރާ މީހުންވެސް ހިމެނެއެވެ. 

5 ސުންނަތް ނަމާދުކުރާ، ސުންނަތް ރޯދަހިފާ މީހުން 

6 ގިނަގިނައިން ތައުބާވާ މީހުން 

7 އެހެން މީހުންނަށް އެހީތެރިވުމުގައި ދެމިހުންނަ މީހާ

މިބައިގައި ހިމެނެނީ ވަކި މީހަކަށް ބެލުމެއް ނެތި ﷲ ތަޢާލާއަށްޓަކައި އެހެން މީހުންގެ ބޭނުންތައް ފުއްދައިދީ އެހީތެރިވެދޭ މީހުންނެވެ. 

 

ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް