އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު
ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވޭ "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" މިއަދު ވަނީ ފަށައިފައެވެ. މި ކޮންފަރެންސް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
ވިލާ ނޯޓިކާގައި ކުރިއަށްދާ މި ކޮންފަރެންސްއަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި އެންމެހައި އިދާރާތައް އެއްތަނަކަށް އެއްކޮށްގެން ބޭއްވޭ މިފަދަ ފުރަތަމަ ކޮންފަރެންސްއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ކޮންފަރެންސް ކުރިއަށްދާނީ މި މަހުގެ 10 އިން 12 އަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެފައިވާ ގޮތުގައި މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޢިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ނިޒާމުގައި ހުރި މައްސަލަތަކަށް ޙައްލުތައް ހޯދުމެވެ. މީގެއިތުރުން، މި ދާއިރާގައި މަސައްކަތްކުރާ އެކި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މަސައްކަތުގައި ދިމާވާ ހުރަސްތައް ނައްތާލުމަށް މަގުފަހިކުރުމަކީވެސް މި ކޮންފަރެންސްގެ މުހިންމު މަޤްޞަދެކެވެ.
ކޮންފަރެންސްގެ ތެރޭގައި، މި ދާއިރާއާ ގުޅުންހުރި 8 ދިރާސީ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ކަރުދާސްތަކުގެ ތެރޭގައި ކަމާ ގުޅުންހުރި އިދާރާތަކުންނާއި، ކޮލެޖު އަދި ޔުނިވަރސިޓީތަކުން ތައްޔާރުކޮށްފައިވާ ދިރާސީ ކަރުދާސްތައް ހިމެނެއެވެ. އަދި މި ކޮންފަރެންސްގައި 2 ކީނޯޓް ސްޕީކަރުން ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
Advertisement
10 މެއި 2025