އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުދިންގެ ދުވަސް މާލެ ސަރަހައްދުގެ 6 ތަނެއްގައި ކުލަގަދަކޮށް ފާހަގަކޮށްފި

ކުޑަކުދިންގެ ދުވަސް މާލެ ސަރަހައްދުގެ 6 ތަނެއްގައި ކުލަގަދަކޮށް ފާހަގަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެ ސަރަހައްދުގެ 6 ތަނެއްގައި ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ހަވީރު ފާހަގަކޮށްފިއެވެ. މި ހަވީރުތައް ބޭއްވުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮންނަ ހިޔާ ޕާކާއި، ހުޅުމާލޭ ސެންޓްރަލް ޕާކާއި، ރަސްފަންނާއި، ޖުމްހޫރީ މައިދާނާއި، ހެންވޭރު ދަނޑުގެ އިތުރުން ވިލިނގިލީގައި ހުންނަ މުޙްޔިއްދީން ސްކޫލުގައެވެ.

ތައުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި އަހަރުގެ ކުޑަކުދިންގެ ދުވަސް މިފަދަ ގޮތަކަށް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދުވަހުގެ ހަރަކާތްތަކުގައި ކުދިންނާއި އެކުދިންގެ އާއިލާތަކަށްވެސް ބައިވެރިވެވޭނެ ފުރުޞަތު ހޯދައިދިނުމެވެ. މި ހަވީރުތަކުގައި ކުޑަކުދިންނާ ގުޅޭ ޝައުޤުވެރި، ތަޢުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ހިމެނިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކަށް ޒިޔާރަތްކުރައްވައި، އެތަނުގައި ކުޑަކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. މި ހަވީރުތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތަކާއި، މަޝްހޫރު ޓީވީ ކެރެކްޓަރސްއާއި މެސްކޮޓުތަކުގެ ހަރަކާތްތައް ހިމެނުނެވެ. އަދި ބައެއް ކުދިން ވަނީ ސްޓޭޖް މަތިން އެކިއެކި ހުށަހެޅުންތައްވެސް ހުށަހަޅައިދީފައެވެ.

ދިވެހިރާއްޖޭގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ މެއި މަހުގެ 10 ވަނަ ދުވަހުއެވެ. މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ރާވައި ހިންގުމުގައި ހުރިހާ ސްކޫލުތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ގިނަ ކުދިންނަކަށް މި ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު