އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފާވެރިކަން ބޭނުންނަމަ ދެމަފިރިންނަށްވެސް އޮތީ އަނެކާއަށް ދޫދިނުން!

އުފާވެރިކަން ބޭނުންނަމަ ދެމަފިރިންނަށްވެސް އޮތީ އަނެކާއަށް ދޫދިނުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

ކަންކަން ކުރިމަތިވުމުން ބައިވެރިޔާއަށް ދޫނުދޭން ބާރުއަޅާ މީހުން ދައްކާ ވާހަކަ ޤަބޫލުނުކުރާށެވެ! ދޫދިނުމަކީ ދެރަވުމެއް ނޫނެވެ. ގަދަވުމެވެ! ކުރާނެ ފައިދާ ބޮޑުކަމުންނެވެ!

ﷲ ތަޢާލާއަށް އުރެދުމަކަށް ނުވާ، ދިރިއުޅުމަށް ގެއްލުމެއް ނުލިބޭނެ ކޮންމެ ކަމެއްގައި ބައިވެރިޔާއަށް ދޫދޭށެވެ! ބައިވެރިޔާ އެދޭގޮތަށް ދީލައިވެސްލާށެވެ! އެންމެ އުފާވެރި ދިރިއުޅުމެއް ލިބެނީ ދޫދީގެން ދިރިއުޅެން މަސައްކަތްކުރުމުންނެވެ.  

ތިބާއަށް އެކަމަކުން އުފާވެރިކަން ނުލިބުނު ނަމަވެސް ބައިވެރިޔާ އުފާވާ ކަންކަން ކޮށްދޭށެވެ! އެކަންކަން ކޮށްދިނުމުން ބައިވެރިޔާގެ ކިބައިން ލިބޭ ލޯބިން ތިބާއަށް ބޭނުންވާ އުފާވެރިކަން ލިބުމަށް އެދޭށެވެ! ލިބި އިތުރުވެސްވާނެއެވެ! އިން ޝާ ﷲ  

ހިތިރަހަލާ ބޭސްކަނީ އަދި ބޮނީވެސް މީރުވެގެނެއް ނޫނެވެ. އެއިން ލިބޭ ޝިފާއަށް ބޭނުންވާތީއެވެ. ވީމާ ދެމަފިރިން އެކަކު އަނެކަކަށް ދޫދީ މާފުކުރަންޖެހޭ ކަންކަމުގަ އެކަންކުރާށެވެ! ޒަވާޖީ ޙަޔާތަށް  އުޖާލާކަން ލިބި މުޅި ކައުނަށް އަލިކޮށްދޭ ވޮށަކަށްވެގެންދާނެއެވެ! އިން ޝާ ﷲ 

- އަލަފް / މިއަދުނޫހަށް  

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް