އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު
އުރީދޫ ނޭޝަން އިންޓަރ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. ރާއްޖޭގެ 10 ރިސޯޓަކުން 16 ޓީމު ވަނީ މި ޓޯނަމަންޓުގައި ބައިވެރިވެފައެވެ. ރާއްޖޭގައި ވެސް ބޭއްވުނު ފުރަތަމަ އީސްޕޯޓްސް ޓޯނަމަންޓުގައި ޓީމުތައް ވާދަކޮށްފައިވަނީ މަގުބޫލު ދެ ގޭމެއް ކަމަށްވާ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމް.އެލް.ބީ.ބީ) އަދި ޕަބްޖީ މޯބައިލް ގައެވެ. މި މުބާރާތަށް ބަނީ ހޫނު ތަރުހީބެއް ރިސޯޓްތަކުން ލިބިފައެވެ.
އުރީދޫ ނޭޝަންގެ މަގުސަދަކީ ރާއްޖޭގައި މިހާރު އުފެދިފައިވާ އީސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކޮށް، ވާދަވެރިކަމާއި އެކުވެރިކަމާއެކު ގޭމް ކުޅެ މި ދާއިރާގައި ކުރިއަށްދެވޭނެ މާހައުލެއް ގާއިމުކޮށްދިނުމެވެ.
ނިމިގެންދިޔަ މި މުބާރާތުގައި ވަނަ ވަނައަށޤ ދިޔަ ފަރާތްތައް:
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމް.އެލް.ބީ.ބީ)
ޗެމްޕިއަން: ޖޯލި ބީންގް 2 – 5000ރ
ރަނަރ-އަޕް: ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް – 3000ރ
3 ވަނަ: ޖޯލި ބީންގް – 2000 ރ
ޕަބްޖީ މޯބައިލް
ޗެމްޕިއަން: ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް – 5000ރ
ރަނަރ-އަޕް: ނިޔަމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް – 3000ރ
3 ވަނަ: ސަމަރ އައިލަންޑް މޯލްޑިވްސް- 2000ރ
މި މުބާރާތް ބޭއްވިފައިވަނީ މުޅިން އޮންލައިންކޮށްނެވެ. މިގޮތަށް ރޭވިފައިވަނީ ރާއްޖޭގެ ކޮންމެ ހިސާބަކުން ބައިވެރިވާން ބޭނުންވިޔަސް މި ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައެވެ. އުރީދޫ ނޭޝަނުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ހިސާބުގައި އުފެދިފައިވާ އިސްޕޯޓްސް ކުޅުންތެރިން އެއް ޕްލެޓްފޯމަކަށް ގެނެސް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ވާދަކުރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވާދިނުމަށެވެ.
Advertisement
12 މެއި 2025