އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު
ކުޑަގިރި ޕިކްނިކް އައިލެންޑަށް ދަތުރުކުރުމަށް އެމްޓީސީސީން ފެރީ ދަތުރުތައް ފަށައިފިއެވެ. މިއީ ކުޑަގިރިއަށް ދަތުރުކުރުމަށް ޢާންމުންނަށް ލިބިގެންދިޔަ އިތުރު ފަސޭހައެކެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި، ކުޑަގިރިއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަކޮށް އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި މިހާރު އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް މާލެއިން ކުޑަގިރިއަށް ދިއުމަށް ފެރީ ބުކްކުރުމުގެ ޚިދުމަތް ވަނީ ތަޢާރަފުކޮށްފައެވެ.
މި ޚިދުމަތް ފަށާފައިވަނީ އެއްފަހަރާ 140 މީހުންނަށް ޖާގަ ލިބޭ ފެރީއަކާއެކުގައެވެ. އަދި މި ޚިދުމަތް ފެށިއިރު، މާލެއާއި ކުޑަގިރިއާ ދެމެދު ދުވާލަކު 6 ދަތުރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރިއަށް ގެންދާނީ ކޮންމެ ހަފުތާއެއްގެވެސް ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.
އެޗްޑީސީން އިތުރަށް ފާހަގަކުރެއްވިގޮތުގައި، ކުރިއަށް އޮތްތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ސީދާ ހުޅުމާލެއިން ކުޑަގިރިއަށް ފެރީ ދަތުރުތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ރޭވިފައެވެ.
މި ޚިދުމަތް ތަޢާރަފުކުރުމާއެކު، ކުޑަގިރި ޕިކްނިކް އައިލެންޑަށް ދަތުރުކުރުމަށް ޢާންމުންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.
Advertisement
12 މެއި 2025