އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުށަށް އަރައިގަތުމުގެ ރިސްކު އޮތް 1000 އަށްވުރެ ގިނަ ކުދިން ވަނީ ދެނެގަނެވިފަ: އިޙްސާން

ކުށަށް އަރައިގަތުމުގެ ރިސްކު އޮތް 1000 އަށްވުރެ ގިނަ ކުދިން ވަނީ ދެނެގަނެވިފަ: އިޙްސާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

މިވަގުތު ކުށުގެ މާޙައުލުގައި އުޅޭކަމަށް 400 އެއްހާ ކުދިން ރިކޯޑުކުރެވިފައިވާއިރު، ކުށަށް އަރައިގަތުމުގެ ރިސްކު އޮތް 1000 އަށްވުރެ ގިނަ ކުދިން ދެނެގަނެވިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މި ކުދިން ރަނގަޅު މަގަށް އެޅުވުމަށްޓަކައި ސަރުކާރުން "ހޯޕް އައިލެންޑް" ގެ ނަމުގައި ޚާއްޞަ ރަށެއް ތަރައްޤީކުރަމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން، ކުށުގެ ވެށިން ކުޑަކުދިން ދުރުކުރުމަށްޓަކައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމާއި، ޤާނޫނުން ކުޑަކުދިންނަށް ލިބޭ ރައްކާތެރިކަމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް މަސައްކަތްކުރެވޭނެއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ކުށުގެ މާޙައުލަށް ކުޑަކުދިން ނެރޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ. އަދި ހޯޕް އައިލެންޑް އެޅެންދެން، ކުށުގެ ވެށީގައި އުޅޭ ކުދިންނަށް ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމްތައް ހިންގުމާއި، ނަފްސާނީ ފަރުވާ ދިނުމަށް މީހުން ތަމްރީންކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މީގެއިތުރުން، ޖިނާޢީ މައްސަލަތަކުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު 14 އަހަރަށް ދަށްކުރުމަށް ސަރުކާރުން ވަނީ ނިންމާފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މިއީ ކުޑަކުދިންގެ މެދުގައި އިތުރުވަމުންދާ ކުށްކުރުމުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު