އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަވާޝްގެ ބޭސްފަރުވާއަށް ބޭނުންވަނީ އާންމުންގެ ދީލަތި އެހީއެއް

ނަވާޝްގެ ބޭސްފަރުވާއަށް ބޭނުންވަނީ އާންމުންގެ ދީލަތި އެހީއެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 4 ސިކުންތު

އުމުރުން 18 އަހަރުގެ ނަވާޝް އިބްރާހިމްގެ ހާލަތު މިވަގުތު ވަރަށް ނާޒުކުއެވެ. މިދިޔަ ރަމަޟާން މަހުގެ ކުރިން ފެށިގެން އޭނާގެ ޖިންސީ ގުނަވަން ދުޅަވާން ފެށި ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ލަދުގެ ސަބަބުން އެކަން އާއިލާއާ ހިއްސާކުރުމަށް ފަސްޖެހުނެވެ. އެހެންކަމުން، މައްސަލަ އިތުރަށް ގޯސްވެ، ބަނޑަށް ތަދުވެ، މުޅި ފައިވެސް ދުޅަވެ، ފަޔަށްވެސް ތަދުވާން ފެށިއެވެ.

ނަވާޝްގެ ހާލަތު އިތުރަށް ގޯސްވެ، ކެތްނުވާ ހިސާބަށް ދިޔުމުން، އޭނާ ވަނީ އާއިލާއަށް މިކަން ހާމަކޮށްފައެވެ. އޭގެ ފަހުން ޑޮކްޓަރަށް ދެއްކުމުން، ސީޓީ ސްކޭނެއް ހެދުމަށް ލަފާދެއްވިއެވެ. ސީޓީ ސްކޭނުން ދައްކާގޮތުގައި ޖިންސީ ގުނަވަނުގެ ތިރީ ބައި ހުރީ ދުޅަވެފައެވެ. ޑޮކްޓަރުންގެ ލަފާގައި މިއީ ކެންސަރު ކަމަށް ބެލެވޭ ކަމަށާއި، ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

"ޑޮކްޓަރު ބަލާފައި ބުނީ ސީޓީއެއް ހައްދާލާށޭ، ސީޓީއެއް ހައްދާލިއިރު ޖިންސީ ގުނަވަނުގެ ތިރީ ބައި ހުރީ ދުޅަވެފަ، ފުރާވަރު ކުއްޖެއްވީމަ ނުބުނެ ހުރީ. ނުބުނެ ހުއްޓާ އެތަން ދުޅަވެގެން ފުއްޕައިގެން ބަޑަށް ތަދުވެގެން ދެއްކީމަ ބުނީ ކެންސަރުކަމަށް ލަފާކުރެވެއޭ." އާއިލާއިން ބުންޏެވެ.

ނަވާޝްގެ އާއިލާގެ ހާލަތަށް ބަލާއިރު، އޭނާގެ މަންމައަކީ ނަފްސާނީ ބައްޔެއްގެ ސަބަބުން ބޭސް ބޭނުންކުރަމުންދާ މީހެކެވެ. އަދި ބައްޕައަކީ ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ، މަސައްކަތް ނުކުރެވޭ މީހެކެވެ. މިހާލަތުގައި އާއިލާގެ އެންމެހައި ޒިންމާތައް އުފުލަމުންދަނީ ނަވާޝްގެ ދޮންބެއެވެ. މީގެ އިތުރުން، އާއިލާގައި ކިޔަވާ އެހެން ކުއްޖަކުވެސް ހުރެއެވެ.

ނަވާޝްއަށް އާސަންދައިގެ ޚިދުމަތް ލިބުނުނަމަވެސް، އިންޑިއާއަށް ގޮސް ބޭސްފަރުވާ ކުރުމަށާއި އެހެނިހެން ޚަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އާއިލާއަށް ދަތިވެފައިވެއެވެ. އެހެންކަމުން، ނަވާޝްގެ ފަރުވާއަށް އާންމުންގެ އެހީތެރިކަން އާއިލާއިން ބޭނުންވެއެވެ.

ކުޅަދާނަވެގެންވާ މިންވަރަކުން ނަވާޝްއަށް އެހީތެރިވުމަކީ ވަރަށް ހެޔޮ އަދި ދަރުމަވެރި ޢަމަލެކެވެ.

ނަވާޝްއަށް އެހީވުމަށް:

ގުޅޭނެ ނަންބަރު: 7740923

ބީއެމްއެލް ރުފިޔާ އެކައުންޓު ނަންބަރު: 7705326850101

ބީއެމްއެލް ޑޮލަރު އެކައުންޓު ނަންބަރު: 7730000229678 

ކޮންމެ މިންވަރެއްގެ އެހީއެއް ނަމަވެސް، ނަވާޝްގެ ފަރުވާއަށް އެހީތެރިވެދިނުމަކީ އޭނާގެ ފަރުވާއަށާއި އާއިލާއަށް ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމެކެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެހީތެރިވުމަކީ މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ ރަމްޒެކެވެ.

އުމުރުން ހަމައެކަނި 18 އަހަރުގެ ޒުވާނެއްގެ ގޮތުގައި، އޭނާގެ މުސްތަޤުބަލު އަދި ދިރިއުޅުމުގެ ފެހި ދުވަސްތައް ކުރިއަށް އޮތްއިރު، މިފަދަ ބައްޔަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ. އެހެންކަމުން، އޭނާގެ ފަރުވާއަށް އެހީތެރިވެދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންވެސް ވަރަށް މުހިންމު ކަމެކެވެ.

ނަވާޝްގެ ފަރުވާއަށް އެހީތެރިވެދިނުމަކީ އޭނާގެ ފަރުވާއަށާއި، އާއިލާއަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމުގައެވެ. އަދި މިފަދަ ހެޔޮ ޢަމަލަކުން އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ނަވާޝްއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ. އާމީން.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު