އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު
ޒަކާތު ހައުސްއިން ހުޅުވާލާފައިވާ އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މި ސްކޮލަރޝިޕްތަކަށް މިހާރު ކުރިމަތިލެވޭނީ 29 މޭ 2025 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މި ސްކޮލަރޝިޕްތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ޒަކާތު ފަންޑުން ދޭ ފުރުސަތުތަކެކެވެ. މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ޒަކާތު ހައުސްއިން ވަނީ 15 އޭޕްރިލް 2025 ގައި އިޢުލާނު ކޮށްފައެވެ.
އަދި ޒަކާތު ހައުސްއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ކުރިން ކުރެވިފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ "މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމު" ގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) ގެ ތައްގަނޑު ޖަހަން ނުޖެހޭނެއެވެ.
އޭގެ ބަދަލުގައި، އެމް.ކިއު.އޭ ގެ "Application Form for Recognition of the Intended Program" ފޯމު ފުރިހަމަކުރުމަށްފަހު، އެ އޮތޯރިޓީއަށް ހުށަހަޅައި ލިބޭ ޖަވާބާއެކު ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމު ހުށަހެޅިދާނެއެވެ. މިގޮތުން ޢާންމު ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕް ދެ ބާވަތުގެ ފޯމުވެސް ހުށަހެޅޭނެއެވެ.
މި ސްކޮލަރޝިޕްތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ޒަކާތު ހައުސްގެ ވެބްސައިޓަށް ނުވަތަ އެ އިދާރާއަށް ގުޅުމަށް ވަނީ އަންގަވާފައެވެ.
Advertisement
13 މެއި 2025