އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާބާދީ 2000 އިން ދަށުގެ ރަށްރަށުގައި 3 ކައުންސިލަރުން ތިބޭގޮތަށް ހުށައަޅާނަން: ރައީސް

އާބާދީ 2000 އިން ދަށުގެ ރަށްރަށުގައި 3 ކައުންސިލަރުން ތިބޭގޮތަށް ހުށައަޅާނަން: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

އާބާދީ 2000 އިން ދަށުގެ ރަށްރަށުގައި 3 ކައުންސިލަރުން ތިބޭގޮތަށް ހުށައަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އާބާދީގެ ނިސްބަތުން ކައުންސިލަރުންގެ އަދަދުތަކަށް ބަދަލު ގެނައުމަށް ނިންމައި، ބިލެއް ހުށައެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތުން އާބާދީ 2000 އިން ދަށުގެ ރަށްރަށުގައި 3 ކައުންސިލަރުން ތިބޭގޮތަށާއި، އާބާދީ 2000 އަށްވުރެ އިތުރުނަމަ 5 ކައުންސިލަރުންނަށްވުރެ އަދަދު މަތި ނުވާގޮތަށް ކައުންސިލަރުން އިންތިޚާބުކުރުމަށް ހުށަހަޅުއްވާނެކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލްތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކައުންސިލަރުންގެ އަދަދު އިތުރުވީމަ ބައެއް ކުދި އާބާދީ ހިމެނޭ ރަށްތަކުގައި ކައުންސިލަރުން ބޭކާރުވެފައި އެބަ ތިބޭ ބައެއް ރަށްރަށުގައި. 100 ހަމަނުވާ ރަށްރަށުގައިވެސް 5 ކައުންސިލަރުން އެބަތިބޭ. އަމިއްލަ މަސައްކަތުގައި އުޅޭ މީހުން އެބަތިބި. އެހެންވީމަ ރައްޔިތުންނަށް ފައިދާއެއް ނުވޭ. ޚަރަދު ކުރެވިދާނެ ފައިދާ ވަންޏާ. އެކަމަކު އެގޮތަށް ކަންކަން ނުދޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަންހެނުން ބާރުވެރިކުރުމުގެ ގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ކުރަމުންދަނީ ވަރަށް މުހިންމު މަސައްކަތެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ހުށައަޅާ ބަދަލުތަކުގެތެރޭގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަކީވެސް އިންތިޚާބީ ގޮނޑިއަކަށް ހެއްދެވުމާއި، ޑަބްލިޔުޑީސީގެ މެންބަރުންގެ އަދަދު 5 އިން 3 އަށް ކުޑަކުރެއްވުން ހިމެނޭކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުން ހުށައެޅުމަށް ނިންމަވާފައިވާ އިސްލާހުތަކުގެ ތެރޭގައި، ކައުންސިލްތަކުގައި އަންހެން މެންބަރުންގެ އަދަދު 33 އިންސައްތައިން 40 އިންސައްތައަށް އިތުރުކުރުން ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބަދަލުތަކާއެކު ކައުންސިލްތައް އިތުރަށް ހަރުދަނާވެ، މެންބަރުންނަކީ ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރާ ބަޔަކަށްވާނެކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު