އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންތިޚާބީ މަޤާމުތަކުގައި ތިބޭ ފަރާތްތައް ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް މިއަހަރު ބިލު ހުށަހަޅުއްވާނަން: ރައީސް

އިންތިޚާބީ މަޤާމުތަކުގައި ތިބޭ ފަރާތްތައް ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް މިއަހަރު ބިލު ހުށަހަޅުއްވާނަން: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ކައުންސިލްތަކުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމަށްފަހު، އެ މަޤާމުތަކުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް މިއަހަރު ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު ކައުންސިލާއި މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް މީހުން އިންތިޚާބު ކުރުމަށްފަހު، އެ މަޤާމުތަކުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިފައި ނުވާކަން ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަމަށް ހުރަސްއެޅޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ވޯޓު ލުމުގެ ޙައްޤު އޮތް މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބޭނުންވާނަމަ މަޤާމުން ވަކިކުރެވޭގޮތަށް އިސްލާހު ހުށައަޅާނީ. އެއީ ކައުންސިލް މެންބަރުން، މަޖިލިސް މެންބަރުން އަދި ރައީސްވިއަސް، އިންތިޚާބީ މަޤާމެއްގައި ހުންނަ ކޮންމެ މީހަކަށްވީ ނަމަވެސް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮތް ގޮތުން އިންތިޚާބަށްފަހު، ގޯސް ޢަމަލެއް ކުރިކަމުގައި ވިޔަސް މަޤާމުން ވަކިނުކުރެވި، ދައުރު ނިމެންދެން އެ މަޤާމުގައި ތިބެންޖެހުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލެވޭ ކަމެކެވެ. އަދި މިހާރު އޮތް ނިޒާމުގައި އެކަށީގެންވާ ޗެކް އެންޑް ބެލެންސްއެއް ނެތްކަން ވެސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ހުށަހަޅުއްވާ މި ބިލު ފާސްވެއްޖެނަމަ، އިންތިޚާބީ މަޤާމުތަކުގައި ތިބޭ ފަރާތްތަކާމެދު ރައްޔިތުންގެ އިތުބާރު ނެތް ހާލަތްތަކުގައި، ވޯޓަކުން އެ ފަރާތްތައް މަޤާމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު