އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަނޑިޔާރުން ވަކިކުރި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދަނީ ޙަގީގަތް އޮޅޭގޮތަށް ބައިނަލްއަޤުވާމީ އެކި ފަރާތްތަކަށް މަޢުލޫމާތު ހިއްސާކުރަމުން: ޚާރިޖީ ވަޒީރު

ފަނޑިޔާރުން ވަކިކުރި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދަނީ ޙަގީގަތް އޮޅޭގޮތަށް ބައިނަލްއަޤުވާމީ އެކި ފަރާތްތަކަށް މަޢުލޫމާތު ހިއްސާކުރަމުން: ޚާރިޖީ ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރަކު ވަކިކުރި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދަނީ ޙަގީގަތް އޮޅޭގޮތަށް ބައިނަލްއަޤުވާމީ އެކި ފަރާތްތަކަށް މަޢުލޫމާތު ހިއްސާކުރަމުން ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. ޚަލީލް ވިދާޅުވެފައިވަނީ، މި ދެ ފަނޑިޔާރުން ވަކިކޮށްފައިވަނީ ފުރިހަމަ ތަޙުޤީޤަކަށްފަހު ކަމަށެވެ. އެހެންނަމަވެސް، އިދިކޮޅު ފަރާތްތަކުން މި މައްސަލައިގެ ޙަޤީޤަތް އޮޅޭގޮތަށް ބައިނަލްއަޤުވާމީ އެކި ފަރާތްތަކަށް މަޢުލޫމާތު ހިއްސާކުރަމުންދާ ކަމަށް ފާހަގަކުރައްވައި، ޒިންމާދާރުކަމާއެކު ޙަޤީޤަތާ އެއްގޮތަށް މަޢުލޫމާތު ހާމަކުރުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޝަރުޢީ ދާއިރާއަށް އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވާނެ ކަމަށާއި، ޝަރުޢީ ދާއިރާގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ޤާނޫނީ ވެރިކަން ދެމެހެއްޓުމަކީ މި ސަރުކާރުގެ ވަޢުދެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރު މަޤާމުން ވަކިކޮށްފައިވަނީ، އެ ދެ ފަނޑިޔާރުންގެ މައްޗަށް ޝަރީޢަތަކަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައި ހިންގުނު ސުލޫކީ މައްސަލައެއްގެ ތަޙުޤީޤަށްފަހު، ތުހުމަތުތައް ސާބިތުވެ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ކޮމިޓީން މައްސަލަ ދިރާސާކޮށް، މަޖިލީހުގެ ތަޅުމުން ފާސްކުރުމާ ގުޅިގެންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު