އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު
ތަފާސްހިސާބުތަކާ ބެހޭ ޤައުމީ އިދާރާއިން 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު މިއަދު އާންމުކޮށްފިއެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން މާރިޗު މަހު ޖުމްލަ 716 މިލިއަން ރުފިޔާގެ އަގުތައް ރެކޯޑުކުރެވިފައިވެއެވެ.
ފެބްރުއަރީ 2024 އާ އަޅާބަލާއިރު 0.9 އިންސައްތައިގެ ކުރިއެރުމެއް ފެނުނު ނަމަވެސް، 2024 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 0.7 އިންސައްތައިގެ ދަށްވުމެއް ވަނީ އައިސްފައެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކީ އިމްޕޯޓް ކުރެވޭ މުދަލުގެ މިންވަރަށް އައިސްފައިވާ 4.8 އިންސައްތައިގެ ދަށްވުމެވެ.
ފަތުރުވެރިކަމާއި ކެއުމުގެ ޚިދުމަތްތަކުގެ ދާއިރާއިން މާރިޗު 2025 ގައި 2.143 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވެއެވެ. މިއީ ފެބްރުއަރީ 2025 އާ އަޅާބަލާއިރު 1.0 އިންސައްތައިގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 4.6 އިންސައްތައިގެ ދަށްވުމެއް ވަނީ އައިސްފައެވެ.
ދަތުރުފަތުރާއި މުވާސަލާތީ ދާއިރާއިން މާރިޗު 2025 ގައި 1.160 ބިލިއަން ރުފިޔާގެ އަގުތައް ރެކޯޑުކުރެވިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 0.6 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ފެބްރުއަރީ 2025 އާ އަޅާބަލާއިރު 0.3 އިންސައްތައިގެ ކުރިއެރުމެއް ފެނިފައިވެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނާގޮތުގައި، މަންތްލީ ޖީ.ޑީ.ޕީ ޝާއިޢުކުރެވޭނީ ކޮންމެ މަހެއް ނިމޭތާ 45 ދުވަހުގެ ތެރޭގައެވެ. މިއަދު ޝާއިޢުކުރެވުނު ތަފާސްހިސާބުތަކުގައި ޖަނަވަރީ 2014 އިން ފެށިގެން މާރިޗު 2025 ގެ ނިޔަލަށް އަންދާޒާކުރެވިފައިވާ މަޢުލޫމާތު ހިމެނެއެވެ.
Advertisement
22 މެއި 2025