އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭގައި ފުލުހުންގެ މައި މަރުކަޒާއި ޑާޓާ ސެންޓަރު އަޅަން އެޗްޑީސީ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ހުޅުމާލޭގައި ފުލުހުންގެ މައި މަރުކަޒާއި ޑާޓާ ސެންޓަރު އަޅަން އެޗްޑީސީ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ދިވެހި ފުލުހުންގެ މައި މަރުކަޒާއި ޑާޓާ ސެންޓަރު ހުޅުމާލޭގައި ޤާއިމުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ކަމަށްވާއިރު، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މައުރޫފް ޖަމީލެވެ. ނަމަވެސް މި މަޝްރޫޢުގެ އިތުރު ތަފްސީލުތައް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.

މިހާރު ފުލުހުންގެ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރަމުންދާ ޝަހީދު ހުސައިން އާދަމް ބިލްޑިންގއަކީ 1999 ވަނަ އަހަރު ހުޅުވުނު އިމާރާތެކެވެ. މި އިމާރާތް އެންމެ ފުރަތަމަ ބޭނުންކުރަމުން ދިޔައީ ފުލުހުންނާއި ސިފައިން އެކުގައެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ވަކިވުމާ ގުޅިގެން މި އިމާރާތް ވަނީ ހަމައެކަނި ފުލުހުންނަށް ޚާއްސަކުރެވިފައެވެ.

ހުޅުމާލޭގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މައި މަރުކަޒާއި ޑާޓާ ސެންޓަރުގެ މަޝްރޫޢަކީ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ މުހިންމު މަޝްރޫޢެއް ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު