އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ސަރުކާރުން ނެރުނު 4000 ފްލެޓް ލިސްޓް: ޑރ.މުއްތަލިބު

ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ސަރުކާރުން ނެރުނު 4000 ފްލެޓް ލިސްޓް: ޑރ.މުއްތަލިބު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ސަރުކާރުން ނެރުނު 4000 ފްލެޓް ލިސްޓް ކަމަށް އުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ. ނަމަވެސް، ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ފައިނަލް ލިސްޓުން އުނިކުރެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓް ކަމަށާއި އެ ނޫން ލިސްޓެއްގެ ގޮތުގައި ވިޔަސް، އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ.

ފައިނަލް ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ގިނަ މީހުންގެ ޝަރުތު އުނިވެފައިވަނީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަން ލިޔުންތަކުން ސާބިތުނުވާތީއެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ލިޔުންތަކަށް ބަލާނެ ގޮތަށް މިނިސްޓްރީން ވަނީ ބަދަލު ގެނެސްފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ވެރިފިކޭޝަން ޔަގީންކުރުމަށްޓަކައި ބަލާފައިވަނީ 73 ޕޮއިންޓް ނުވަތަ އެއަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކަށެވެ. އަދި ތިން ކޮޓަރި ލިބުނު މީހުންގެ ތެރެއިން ގުރުއަތަށް ދާނެކަމަށް އިއުލާނުކޮށްފައިވާ ލިސްޓުގައި 75 ޕޮއިންޓު ލިބިފައިވާ ފަރާތްތައްވެސް ހިމެނެއެވެ.

މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މަރުހަލާގައި ޖުމްލަ 4939 ފޯމު ހިމެނޭއިރު، ވެރިފިކޭޝަން މަރުހަލާއަށްފަހު ނެރުނު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، ޝަރުތު ހަމަނުވާ 2555 ފަރާތަކުން ޝަކުވާ ހުށަހަޅާފައިވެއެވެ. އެއްވެސް ލިޔުމެއް ހުށަހަޅަން ނުޖެހުނު ނަމަވެސް، ހުށަހަޅާފައިވާ ތަފްސީލުތަކަށް ރިއާޔަތްކޮށް ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށްވެސް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު