އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު
އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުޓުން ދައްކައިދީފައިވަނީ ތާރީފު ހައްގު ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ ޤައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ މި ޙަރަކާތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އަރިސްކުރައްވާފައެވެ.
"ޤައުމަށް ދިމާވި ކޮންމެ މުހިންމު ކަމަކު ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް. އިޖްތިމާޢީ އެހީތެރިކަމުގައި، އަދި އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުޓުން ދައްކައިދީފައިވަނީ ތާރީފު ހައްގު ނަމޫނާއެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނީ 1956 ވަނަ އަހަރުއެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ސްކައުޓް ޙަރަކާތްތައް ވަނީ ގިނަގުނަ ކުރިއެރުންތަކެއް ހޯދާފައެވެ. ޚާއްޞަކޮށް ޤައުމީ ފެންވަރުގެ އެކި އެކި ހަރަކާތްތަކުގައި ސްކައުޓުންގެ ދައުރު ފާހަގަކޮށްލެވެއެވެ.
ސްކައުޓް ޖަމްޢިއްޔާގެ މަސައްކަތްތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، އިޖްތިމާޢީ ޚިދުމަތުގެ ރޫހު އަށަގެންނެވުމާއި، ލީޑަރޝިޕް ސްކިލްސް ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން ޤުދުރަތީ ކާރިސާތަކާއި ޢާންމު ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ސްކައުޓުން އަބަދުވެސް އެންމެ ކުރީ ސަފުގައި ބައިވެރިވެއެވެ.
ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި، ޤައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ މި ޙަރަކާތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އަރިސްކުރަން.
— Dr Mohamed Muizzu (@MMuizzu) May 30, 2025
ޤައުމަށް ދިމާވި ކޮންމެ މުހިންމު ކަމަކު ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް. އިޖްތިމާޢީ… pic.twitter.com/LWAikO3Pok
Advertisement
30 މެއި 2025