އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިނު ހެއްދުމަށް އާސަންދައިން ދޭ އެލަވަންސް އަންނަ މަހުން ފެށިގެން 2000 ރުފިޔާއަށް އިތުރުކުރަނީ

އައިނު ހެއްދުމަށް އާސަންދައިން ދޭ އެލަވަންސް އަންނަ މަހުން ފެށިގެން 2000 ރުފިޔާއަށް އިތުރުކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

އަންނަ ޖޫން މަހުން ފެށިގެން އައިނު ހެއްދުމަށް އާސަންދައިން ދެމުން އަންނަ 1000 ރުފިޔާގެ އެލަވަންސް 2000 ރުފިޔާއަށް އިތުރުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ބާސެލޯނާ ނަސަންދުރާގައި މިރޭ ބޭއްވުނު ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުފުޅެއް ފުއްދެވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއް ކަމަށާއި އަންނަ ޖޫން މަހުން ފެށިގެން އާސަންދައިންދޭ އަދަދު އިތުރުވާނެ ކަމަށެވެ. 

"ރިޔާސީ އިންތިހާބުގައި އަޅުގަނޑުވީ ވައުދެއް ދެ އަހަރުން އެއެއް އަހަރު ދެނީ އައިނު ހައްދަން 1000ރ. މި ބޮޑުކޮށްދޭނަމޭ ޑަބަލްކޮށްދޭނަމޭ. އެކަމަށްޓަކައި ހަދަން ޖެހޭ ހުރިހާ ހިސާބެއް ހަދައި ނިންމައި އަޅުގަނޑު ވާނީ މިއަދު ކަމާ ބެހޭ ފަރާތްތަކަށް ސިޓީ ފޮނުވާފައި، ޖޫން އެކަކުން ފެށިގެން އައިނު ހައްދަން ދޭ 1000ރ، 2000ރ އަށް ބޮޑުކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ. 

މި ބަދަލަކީ ދައުލަތަށް ރައްކާކުރެވޭ ފައިސާއިން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚަރަދުތައް ކޮށްދޭ އުސޫލުގެ ތެރެއިން ގެނެވޭ ބަދަލެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ އާސަންދައިގެ އިސްރާފު ކުޑަކުރުމުގެ ސަބަބުން ސަލާމަތްވާ ފައިސާ ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ބޭނުންކުރުމުގެ އެއް މިސާލު ކަމަށްވެސް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ޞިއްޙީ ދާއިރާއަކީ އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ދާއިރާ ކަމަށާއި، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. މިގޮތުން ދުންފަތުގެ އިސްތިޢުމާލު ކުރުން މަދުކުރުމަށް ޑިއުޓީ ބޮޑުކުރުން ފަދަ ފިޔަވަޅުތައް އަޅުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ދުވަސްކޮޅެއްގެ ތެރޭގައި އެސެންޝަލް މެޑިކަލް ލިސްޓާއި އެޕްރޫވްޑް ޑްރަގް ލިސްޓުގައިވާ ހުރިހާ ބޭހެއް ރާއްޖޭގެ ހުރިހާ ފާމަސީއެއްގައި ލިބެން ހުންނާނެކަމަށާއި، ސްޓޮކް ހުސްނުވާނެކަން ޔަޤީންކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އުއްމީދަކީ ރާއްޖޭގައި ރައްޔިތުންގެ ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތުން ޖެހޭ ބަލިތައް ގިނަ ކަމަށާއި، އެ ފަދަ ބަލިތައް މަދުކޮށް ނައްތަލައިލުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.     

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު