އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަވަށްޓެރި ބައެއް ޤައުމުތަކުގައި ޗިކުންގުންޔާ ފެތުރޭތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

އަވަށްޓެރި ބައެއް ޤައުމުތަކުގައި ޗިކުންގުންޔާ ފެތުރޭތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

އަވަށްޓެރި ބައެއް ޤައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ވަނީ އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުންދާތީ، މި ބަންދުގައި ދަތުރު ކުރާ ފަރާތްތަކުން މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކޮށްފައެވެ.

މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށާއި މިގޮތުން ވަކި ޚާއްޞަ މާއްދާތަކެއް ހިމެނޭ މަދިރި ލޯޝަން އަދި ސްޕްރޭ ބޭނުންކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާ ގޮތަށް ފޭރާންލުމަށާއި، ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރީގެ ބޭނުންކުރުމަށާއި، މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭ އިން ބުނީ ހުރިހާ ވައްތަރެއްގެ މަދިރިވެސް އެންމެ ގިނަވަނީ ހެނދުނާއި ހަވީރު ކަމަށެވެ. އީޑީސް މަދިރި އާންމުކޮށް ހަފަނީ ދުވާލު ގަޑީގައި ކަމަށާއި، އެންމެ ރަނގަޅީ ހުރިހާ ވަގުތެއްގައިވެސް މަދިރި ހެފުމުން ރައްކާތެރިވުން ކަމުގައި އެޗްޕީއޭއިން ބުންޏެވެ.

 

ހަބަރު: ސަރުކާރު

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު