އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކަމަށް އެދިގެން މަސައްކަތްކޮށްފިނަމަ ސުވަރުގޭގެ ޚާއްޞަ މީހަކަށްވުމުގެ ފުރުޞަތު ޒުވާނުންނަށް ބޮޑު!: މުފްތީ މެންކް

އެކަމަށް އެދިގެން މަސައްކަތްކޮށްފިނަމަ ސުވަރުގޭގެ ޚާއްޞަ މީހަކަށްވުމުގެ ފުރުޞަތު ޒުވާނުންނަށް ބޮޑު!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

އެއްވެސް މީހަކަށް ދެރަބަހެއް ނުބުނަންވީ އެންމެ ބޮޑު ސަބަބަކީ އެމީހަކީ އުޑުތަކުގައި ކިހައި ބޮޑު، ކިހައި މަތީ ދަރަޖައެއް ލިބިފައިވާ މީހަކުކަން ނުއެނގޭ ކަމެވެ. އެފަދަ މަތިވެރި ދަރަޖަ ލިބޭނީ ހަމައެކަނި ޢުމުރުން ދުވަސްވުމަކުން ނޫނެވެ. ޒުވާން ޢުމުރުގައިވެސް އެދަރަޖަ ލިބިދާނެކަން ޒުވާން ޞަޙާބީންގެ ސިޔަރަތުތަކުން އެނގެން އެބައޮތެވެ.

ކިތަންމެ މަތީ މަޤާމެއް ލިބުނަސް އެކަމުން ފައިދާކުރާނީ އެމީހާގެ ދިރިއުޅުމަށް އެކަމުން ހެޔޮއަސަރެއް ކުރާނަމައެވެ. ހަމައެފަދައިން ލިބޭ ރީތި ނަމުންވެސް ފައިދާއެއް ކުރާނީ އެމީހަކަށް އުފާވެރިކަން އިޙްޞާޞްކުރެވޭނަމައެވެ. މަތީމަޤާމާއި ރީތިނަމުން ފައިދާކުރާނީ ދުނިޔޭގައެވެ. އެންމެ މުހިންމީ އާޚިރަތެވެ. ސުވަރުގެ ލިބުމެވެ. ސުވަރުގޭގެ މަތީދަރަޖަތައް ލިބުމެވެ.

މީސްތަކުން ބެހިގެން މިވަނީ ތަފާތު ދަރަޖަތަކަކަށެވެ. އެއިގެ ތެރޭގައި ހިމެނެނީ ދުނިޔޭގައި މަޝްހޫރުވެ ވީއައިޕީންނަށް (ވަރަށް މުހިންމު މީހުންނަށް)ވާ މީހުންނާއި ސުވަރުގޭގައި މަޝްހޫރުވެ ވީއައިޕީންނަށް (ވަރަށް މުހިންމު މީހުންނަށް)ވާ މީހުންނެވެ.

ދުނިޔޭގައި މަޝްހޫރު މީހަކަށްވުމުން އެމީހާ މަޝްހޫރުއެވަނީ މީސްތަކުންގެ މެދުގައެވެ. އޭނާގެ މަޝްހޫރުކަން އުޑަށް އުފިލިގެނެއް ނުދެއެވެ. ދުނިޔޭގައި އެއްވެސް މަޝްހޫރުކަމެއް ނެތް އެތައްބައެއްގެ މަޝްހޫރުކަން އުޑަށް އުފުލިގެންދެއެވެ. ތަންކޮޅެއް ފަސޭހަގޮތަކަށް ބުނާނަމަ މިއުޅެނީ ތަޤްވާވެރިންނާއި ތަޤްވާވެރިން ނޫން މީޙުންގެ ތަފާތެވެ.

ސުވަރުގޭގައި މަޝްހޫރުވެ ވީއައިޕީއެއްގެ ދަރަޖަ ހޯދަން ބޭނުންވާމީހާއަށް ކުރަންޖެހޭކަމަކީ ކޮންމެ ދުވަހަކުވެސް ހެޔޮ ޢަމަލުތައްކުރުމެވެ. ތަޤްވާވެރިވުމެވެ. އެއިރުން އޭނާކުރާ ހެޔޮ ޢަމަލުތައް ކޮންމެ ދުވަހަކު އުޑަށް، ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލިގެންދެއެވެ.

ސުވަރުގޭގައި ވީއައިޕީންގެ ދަރަޖަ ލިބޭނެ 7 ބާވަތެއްގެ މީހުންގެވާހަކަ ރަސޫލް ﷺ ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. އެއިގެތެރެއިން އެއްބައަކީ ޒުވާން އުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފި ޒުވާނުންނެވެ. ދުނިޔޭގައި މަޝްހޫރުވުމަށް ކަންކަންކުރަން ވަޤުތުތައް ބޭކާރުކޮށްނުލައި ސުވަރުގޭގައި މަޝްހޫރުވާން މަސައްކަތްކުރި ޒުވާނުންނެވެ.

އެކުވެރި ޒުވާނުންނޭވެ! ތިއަ ޒުވާނުންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ މިރަނުގެ ފުރުޞަތު ނަގާނުލާށެވެ! ޒުވާން އުމުރުގައި އެފުރުޞަތުގެ ބޭނުން ނުހިފައިފިނަމަ އެ ފުރުޞަތު އަލުން އަނބުރައި ނުލިބޭނެތީއެވެ. ޒުވާން އުމުރަކީ ދާދި ކުރު ދުވަސްކޮޅަކަށްވާނެތީއެވެ. އެ މަދުދުވަސްކޮޅު ނިމުމުން އެފުރުޞަތު ގެއްލިގެންދާނެތީއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް