އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިއަ ކަނބަލުންގެ އަތުގައިވާ އެންމެ އަގުބޮޑު މުދަލަށް އަގުނުދީ ލޯބިވެރިޔާއަށް ދަމައިގަނެވެނީ ޝައިޠޯނާ ބޭނުންކުރާ އުކުޅުތަކަށް ތިއަކަނބަލުން ރައްކައުތެރިނުވެވޭތީ! މިއޮތީ ޙައްލު!

ތިއަ ކަނބަލުންގެ އަތުގައިވާ އެންމެ އަގުބޮޑު މުދަލަށް އަގުނުދީ ލޯބިވެރިޔާއަށް ދަމައިގަނެވެނީ ޝައިޠޯނާ ބޭނުންކުރާ އުކުޅުތަކަށް ތިއަކަނބަލުން ރައްކައުތެރިނުވެވޭތީ! މިއޮތީ ޙައްލު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

ލޯބިވެއްޖެނަމަ ކައިވެނިކުރުން އަވަސްކުރުމަށް މިހައިގިނައިން ނަޞޭޙަތްދެވޭއިރުވެސް އެއަޑުއިވޭކަމަށްވަނީ ވަރަށް މަދު ބައަކަށެވެ. އެހެންކަމުން ފާހަގަކޮށްލަން މިއުޅެނީ އަންހެނުންވެސް އަދި ފިރިހެނުންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފާއިވާ ކަންކަމެވެ.  

ފުރަތަމަ ކަމަކީ ކައިވެނީގެ ކުރިންވެސް ޖިންސީ އެދުންތައް ފުއްދައިނުދޭނަމަ ގިނައީ ލޯބިވެގެން އުޅެން ބޭނުންނުވާ ފިރިހެނުންނެވެ. އެކަމުން އެނގެނީ އެމީހުންގެ ލޯބިވުން ގުޅިފައިވަނީ އެމީހުންގެ ވަޙުޝީކަމާއިކަމެވެ. ވީމާ އެއްވެސް ޙާލެއްގައި އެއީ ލޯބިވާ މީހަކު ކަމަކަށް ނުބެލެވޭނެއެވެ.  

ލޯތްބަކީ އެއަށްވުރެ މާޠޯހިރު އެއްޗެކެވެ. އަދި ޢިއްފަތްތެރިކަމަކީ އަންހެނެއްގެ ކިބައިގައިވާ އެންމެ އަގުބޮޑު މުދަލެވެ. ވީމާ ލޯބިވާ މީހަކު އެމުދަލަށް ދައްކަންޖެހޭ އަގުއަދާނުކޮށް ފޭރިގަންނާކަށް ބޭނުމެއް ނުވާނެއެވެ. ބޭނުންވާނީ އަގުއަދާކުރުމަށްފަހު ޙައްޤު ގޮތުގައި ލިބިގަތުމަށެވެ. އެކަންކުރެވޭނީ ކައިވެނިކުރުމުންނެވެ.  

ލޯބިވާކަމަށް ބުނަމުން އެކުގައި އުޅޭއިރު އެމީހާ އެބުނާ ބަހުގައި އެއްވެސް ވަރެއްގެ ބުރަދަނެއް ހުރިނަމަ ކައިވެނިކުރުމުގެ ކުރިން ނުވަތަ ކައިވެނިނުކޮށް ލޯބިވާމީހާއާއިއެކު ޖިންސީގުޅުން ހިންގާކަށް ބޭނުމެއް ނުވާނެއެވެ.  

ޝައިޠޯނާ އެނުބައިކަންތައް ތަރުތީބުކުރަނީ ވަރަށް މޮޅަށެވެ. ފުރަތަމަ ކޮޅުގައި ބައްދައިލަނީއެވެ. ދެން ދޮންދެނީއެވެ. މިދެކަންތައް ސިފަކޮށްދެނީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައެވެ. ލޯބިވެގެން އުޅޭނަމަ ކޮންމެހެން ކުރަންޖެހޭ ކަންކަމުގެ ގޮތުގައެވެ. އެކަމަކު މިދެކަންތައް ކުރަން ފެށުމާއިއެކު މަޑުމަޑުން މަތީ ހަރުފަތްތަކަށް ދެވެއެވެ. ބައްދައިލެވޭވަރު ބާރުވެ ގިނައިރަށް ބަދަލުވެއެވެ. ދޮންދިނުންވެސްމެއެވެ.  

އިސާހިތަކު އޮންނަނީ އެންމެ ބޮޑު ފާފައަށް (ޒިނޭކުރުމަށް) އަރައިގަނެވިފައެވެ. އެއިރު ވަސްވާސްދޭނީ މިއުޅެނީ ކައިވެނިކުރަން ނޫންހެއްޔެވެ؟ ވީމާ މިއީ މައްސަލައެއް ނޫނެވެ. އެނުބައި ވަސްވާސް ޤަބޫލުކުރެވި ޒިނޭކުރެވެން ފަށަނީއެވެ. އެކަމުގައި ކުރިއަށްގޮސް ހިތްފުރޭވަރުވުމުން ލޯބިވުން އޮންނަނީ ނިމިފައެވެ. ދެމީހުން ވަކިވެފައެވެ.  

ލޮބުވެތި ކަނބަލުންނޭވެ! ތިއަކަނބަލުންގެ އަތުގައިވާ އެންމެ އަގުބޮޑު މުދައު އެއީ ހިލޭބަހާއެއްޗަކަށް ނުހަދާށެވެ! އެއަށް ލިބެންޖެހޭ ފުރިހަމަ އަގު ދިނުމުން ނޫނީ ޙަވާލުނުކުރާށެވެ! އެއަގަކީ ދޭ އަގުބޮޑުހަދިޔާއާއި ފައިސާއާއި ލޯބިވާކަމަށް ބުނެ ކައިވެނިކުރާނެ ކަމަށްބުނެ ދޭ ޔަޤީންކަމެއް ނޫނެވެ. އެއިގެ އަގަކީ ކައިވެނިކުރުމެވެ. އެނޫން އެހެން އެއްވެސް އަގަކަށް ތިބާގެ އެންމެ އަގުހުރި މުދައު ޙަވާލުނުކުރާށެވެ!  

ﷲ ތަޢާލާއަށް ބިރުވެތިވުމަކީ އެއީއެވެ. ދުނިޔޭގައި އުފާވެރި ދިރިއުޅުމެއް ލިބޭނީވެސް އަދި އާޚިރަތްދުވަހު އުފާވެރިކަން ލިބޭނީވެސް ﷲ ތަޢާލާއަށް ބިރުވެތިވީވަރަކުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު