އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތުމަކީ ދުނިޔޭގައިވެސް އެމީހަކަށް ކާމިޔާބާ އުފާވެރިކަން ދެއްވަވާ ކަމެއް! އިން ޝާ ﷲ

މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތުމަކީ ދުނިޔޭގައިވެސް އެމީހަކަށް ކާމިޔާބާ އުފާވެރިކަން ދެއްވަވާ ކަމެއް! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

މައިންބަފައިން ނުހަނު ދަތިޙާލުގައި އުޅެމުންވެސް ދަރިންނަށް ކިޔަވައިދީ މަތީ މަޤާމުތައް ލިބޭނެ މަގު ތަނަވަސްކޮށްދެއެވެ. އެކަމުގެ އަގު ވަޒަންކުރަނީ ބައެއް ދަރިންނެވެ. އަނެއްބައި ދަރިންނަށް ރަނގަޅު ވަޒީފާއެއް ލިބި ބޮޑުމުސާރަލިބެން ފެށުމުން އެމީހުންގެ މައިންބަފައިންގެ ވާހަކަ ދައްކަންވެސް ލަދުގަނެއެވެ. ދެކެނީ މައިންބަފައިން އެހައި ފަޤީރުވީމާ މީހުން އެމީހުންނަށް އިޙްތިޜާމް ނުކުރާނެ ކަމަށެވެ.

އެފަދަ ކުދިންނަށް ބުނެލަން ބޭނުމީ ކަލޭމެންގެ މައިންބަފައިންނަކީ ކޮންބައެއްކަން ބައަކަށް އޮޅުވައިލެވުނަސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ތިއަކުދިންނަށް އައުދެވިފައި ތިއަވަނީ މައިންބަފައިން ކިހައި ބުރަތަކެއް އުފުލައި ކިހައި ބޮޑެތި ޤުރްބާނީތަކެއް ވެގެންކަންވެސް ދެނެވޮޑިގެންވެއެވެ.  

ބިރުވެތިވާށެވެ! މައިންބަފައިންނާއިމެދު އެގޮތަށް ވިސްނައި ނިކަމެތިކުރާނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. ނަތީޖާއެއްގެ ގޮތުން ލިބިފައިވާ ބޮޑު މަޤާމް ގެއްލި އެފަދަ މަޤާމެއް ދެން ނުލިބުމަކީވެސް ހަމަ ދާދިގާތުގައި އޮތް ކަމެކެވެ. ﷲ ތަޢާލާ ތިބާގެ ކިބައިން ގެންދަވައިފި ނިޢުމަތެއް އަނބުރައި ހޯދޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ނިކަމެތިކުރައްވަވައިފި އަޅަކަށް މަތިވެރިވެވޭނެ ގޮތެއްވެސް ނުއޮންނާނެއެވެ.  

ﷲ ތަޢާލާއަށް އީމާންވެ ކިޔަމަނތެރިވުމަށްފަހު ދެންކުރަން އަންގަވާފައިވާ ކަމަކީ މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތުމެވެ. އެކަމުންވެސް އެނގިގެންދަނީ މައިންބަފައިންނަށް ކުރަންޖެހޭ އިޙްތިރާމެވެ. ވީމާ މަތީމަޤާމެއް ބޫނުމަސް ތަނަވަސްކަން ބޭނުމަސް އަދި އުފާވެރި ދިރިއުޅުމަކަށް ބޭނުންވާނަމަވެސް މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ. އަޅައިލާށެވެ! އެމީހުންގެ ހިތުގައި ޖެހިދާނެ ކިތަންމެ ކުޑަ ކަމެއް ނަމަވެސް ނުކުރާށެވެ! އެއިރުން ދުނިޔޭގައިވެސް އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް