އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު
ގައުމީ ފެންވަރުގައި ޢީދު ފާހަގަ ކުރާ އެއް ރަށް ކަމަށްވާ ހއ. ކެލާ އަށް މިނިސްޓަރ އަބުދުالله ނާޒިމް އިބްރާހީމް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ކިޔައިފިއެވެ.
މިނިސްޓަރ އަރިހުގައި ކެލާ ދާއިރާގެ މަޖިލިސް މެމްބަރ އަބުދުالله ޝަރީފު އަދި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިނިސްޓަރ ކެލާ އަށް ވަޑައިގަތީ 1446ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ހއ.ކެލާގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށެވެ.
އެރަށުން މިނިސްޓަރ އަށް ވަނީ ހޫނު މަރުހަބާ އެއް ދަންނަވާފައެވެ.
ކެލައަށް މިނިސްޓަރ ވަޑައިގަތުމުން އެމަނިކުގާނަށް މަރުހަބާ ދެންނެވުމަށް އެރަށު ބަނދަރު ސަރަހައްދުގައި ވަނީ މަރުހަބާގެ ލަވައެއް ހުށަހަޅާފައެވެ.
ކެލާގައި އީދު ހަރަކާތް ފެށުމުގެ ގޮތުން މިރޭ ވަނީ އީދު ވެދުމާ ދިއުމާއި ބޮޑުބެރު ހަރަކާތްތަކުގެ އިތުރުން ހަވާ އެރުވުންވެސް އޮންނާނެއެވެ.
ހަބަރު: ސަރުކާރު
Advertisement
5 ޖޫން 2025