އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ބޮޑުވެގެން ދީނާ ދުރުހެލިވުން- ބެލެނިވެރިންގެ ކަންބޮޑުވުން އިތުރުވަމުން އަންނަ ބޮޑު މައްސަލައެއް!

ދަރިން ބޮޑުވެގެން ދީނާ ދުރުހެލިވުން- ބެލެނިވެރިންގެ ކަންބޮޑުވުން އިތުރުވަމުން އަންނަ ބޮޑު މައްސަލައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 17 ސިކުންތު

ދަރިން ވަކިވަރަކަށް ބޮޑެތިވުމުން އެކުދިންގެ މައްޗަށް ބާރުހިންގަން މިހާރު ފަސޭހައެއް ނޫނެވެ. އެކުދިންގެ ޙައްޤުތައް އެކުދިންނަށް އެނގޭތީއެވެ. ގިނަ ފަހަރު ކުދިން މަގުފުރެދިގެންދަނީ އެޙައްޤުތައް މާބޮޑުވުމުގެ ސަބަބުން ކަމަށްވެސް ބެލެވެއެވެ. ނަމަވެސް ޅަޢުމުރުން ފެށިގެން ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރެވިފައިވާނަމަ ކުދިންގެ ކޮންޓްރޯލް ބެލެނިވެރިންނަށް ގެއްލުމުގެ ފުރުޞަތު ވަރަށް ބޮޑުތަން ކުޑަވާނެއެވެ. 

މިމައްސަލަ ބޮޑުވެ ދަރިން ބޮޑުވެގެން ދީނާ ދުރުހެލިވާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެތޯ ބައެއް ބެލެނިވެރިން ސުވާލުކުރެއެވެ. މިމޭރުމުން ސުވާލުކުރާ ބެލެނިވެރިން މަދެއްވެސްނޫނެވެ. އެކަމުން އެނގެނީ މިއީ ބޮޑުވަމުން އަންނަ މައްސަލައެއް ކަމެވެ. 

މިގޮތުން ކުރެވޭ ސުވާލުގެ ޖަވާބުގައި އަހުރެން ބުނާނީ ކުއްޖާ ތަރުބިއްޔަތުކުރުމުގައި އިހްމާލުވެފައިވާނަމަ މައިންބަފައިންގެ ޒިންމާއެއް އޮންނާނެ ކަމަށެވެ. އެހެނީ ދަރިން ތަރުބިއްޔަތުކުރަންޖެހޭނީ ފުރިހަމަ އިސްލާމީ ޢަޤީދާއެއްގެ މަތީގައެވެ. ބިންގަލަކަށްވާނީ ދީނުގެ ޢަޤީދާއެވެ. އެހެންކަމަށްވާއިރު އިސްލާމް ދީނުގައިވާ މަގުން ދަރިފުޅު ތަރުބިއްޔަތު ނުކުރެވި ހުރިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. 

ކޮންމެ މީހަކީވެސް މަސްއޫލްވެރިއެއް ކަމަށް އޮންނަ ބަސްފުޅުގެ މާނައަކީ އެއީއެވެ. ދަރިންނަކީ މައިންބަފައިންނާއި ﷲ ތައާލާ ޙަވާލާ މަސްއޫލިއްޔަތެކެވެ. އެމީހާއާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާ މަސްއޫލިއްޔަތު އަދާނުކޮށްފިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. 

ﷲ ތައާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވަވާކަންތައް އެބޭކަލުން ކުރައްވާނެތެވެ." (އައްތަޙްރީމް: 6)   

ވީމާ ދަރިންނަށް ތެދުމަގުދައްކައިދީ ނަރަކައިން ސަލާމަތްކުރަން އެމީހަކަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަންޖެހޭނެއެވެ. ނުކުރެވުނު ނަމަ މިއާޔަތަށް ޢަމަލުކުރެވުނު ކަމަކަށް ނުވާނެއެވެ.  

فَإِنَّ أَبَا هُرَيْرَةَ رَضِيَ اللَّهُ عَنْهُ  كَانَ يُحَدِّثُ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا مِنْ مَوْلُودٍ إِلَّا يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ كَمَا تُنْتَجُ الْبَهِيمَةُ بَهِيمَةً جَمْعَاءَ هَلْ تُحِسُّونَ فِيهَا مِنْ جَدْعَاءَ ثُمَّ يَقُولُ أَبُو هُرَيْرَةَ رَضِيَ اللَّهُ عَنْهُ فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا 

ހަމައެއާއިއެކު ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުގޮތް މަތީގައިކަމާއި އެކުއްޖާ، ނަޞްރާނީކޮށް، ޔަހޫދީކޮށް، އަދި މަޖޫސީ ކުރަނީ މައިންބަފައިންކަންވެސް ޞަޙީޙް ޙަދީޘްފުޅުން މިއޮތީ އެނގޭށެވެ.  

ދެން އޮތީ ކިތަންމެ ރަނގަޅަށް ބަލަހައްޓައި ތަރުބިއްޔަތުކުރިނަމަވެސް އަމިއްލަ ބާރުލިބުމުން އެކުއްޖަކު ބޭނުންވާ ގޮތް އިޚްތިޔާރުކުރާކުދިންނެވެ. ކުރިން ބުނިފަދައިން މައިންބަފައިންނަށް ޒިންމާ އުފުލަންޖެހޭނީ ތަރުބިއްޔަތު ނުކުރެވުނު ނަމައެވެ. ވީމާ އެއްވެސް މީހަކަށް ޙައްޤުނުވާ ޝަޒާއެއް ﷲ ތަޢާލާ ނުދެއްވަވާނެތެވެ. 

ނިންމާލަމުން ބުނެލަން ބޭނުންވަނީ ފުރިހަމަ ގޮތުގައި އިސްލާމް ދީނުގައިވާ މަގުން ދަރިން ތަރުބިއްޔަތުކޮށް ބަލަހައްޓަން އޮތް މަގުން ބަލަހައްޓައިފިނަމަ ބޮޑަށް ގާތީ އެކުދިން އިސްލާމް ދީނާއި ދުރުހެލިނުވުމެވެ. ވީމާ ދަރިން އެންމެ ތުއްތު އިރުންސުރެ މައިންބަފައިންގެ ޒިންމާ އަދާކުރަމުން ގެންދާށެވެ. ކާމިޔާބުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް