އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 51 ސިކުންތު
ކޮންމެ މީހަކުވެސް ކޮންމެ ދުވަހަކުވެސް ވިސްނާނީ އަތުގައި ހުންނަ ފައިސާ އިތުރުކުރާނެ ގޮތަކަށެވެ. އެކަމަށް އޮތީ ކުރަން 3 ކަމެކެވެ. ފުރަތަމަކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުން އެކަނި ވާގި އެދުމެވެ. ދެވަނަކަމަކީ ތަނަވަސްކަން ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ. މަސައްކަތްކުރަންވާނީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ޙަލާލް ގޮތުގައެވެ. 3 ވަނަ ކަމަކީ ﷲ ތަޢާލާ ދެއްވެވި މިންވަރަކުން ބައެއް ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމެވެ. ޞަދަޤާތްކުރުމެވެ.
ކޮންމެ ދުވަހަކު ނިދީން ހޭލެވުމާއިއެކު 2 މަލާއިކަތުން އެމީހެއްގެ ގާތަށް ވަޑައިގަންނަވައެވެ. އެތަނުން އެއް މަލާއިކަތަކު ދުޢާކުރައްވަވަތެވެ. "ޔާ ﷲ! (އިނބަ ﷲ ގެ މަގުގައި) ޞަދަޤާތްކުރާ (ހޭދަކުރާ) މީހުންނަށް އިތުރުކުރައްވަވައި ދެއްވަވާނދޭވެ!"
އަނެއް މަލާއިކަތާ ދުޢާކުރައްވަވަތެވެ. "ޔާ ﷲ! ޞަދަޤާތް ނުކުރާ (ހޭދަނުކުރާ، ދަހިވެތި) މީހުން ނިކަމެތި (ބަނގުރޫޓު/ފަނާ) ކުރައްވަވާނދޭވެ!"
މީސްތަކުންނޭވެ! ޞަދަޤާތް ކުރެވޭނީ އެމީހެއްގެ ފެންވަރުންނެވެ. 100 ޑޮލަރު އަތުގައި އޮތް މީހަކު 1 ޑޮލަރު ހޭދަކޮށްފިނަމަ އެ ހޭދަކުރެވުނީ އަތުގައިހުރި ފައިސާގެ 1 އިންސައްތައެވެ. އަތުގައި 100 މިލިއަން ޑޮލަރު ހުރި މީހަކު 1 މިލިއަން ޑޮލަރު ހޭދަކޮށްފިނަމަ އެ ހޭދަކުރެވުނީ ވެސް އަތުގައިހުރި ފައިސާގެ 1 އިންސައްތައެވެ. ވީމާ އަތުގައި ހުރި އަދަދާއިމެދު ނުވިސްނާށެވެ! އަތުގައި 10 ޑޮލަރު އޮވެ 1 ޑޮލަރު ހޭދަކޮށްފިނަމަ އެ ހޭދަކުރެވުނީ އަތުގައިހުރި ފައިސާގެ 10 އިންސައްތައެވެ. ކުރިން މިބުނި އަދަދުތަކަށްވުރެ މާމަތީ އިންސައްތައެކެވެ.
ވީމާ ކިތަންމެ ކުޑަ ޢަދަދަކުން ނަމަމަވެސް އެމީހަކަށް ހޭދަކުރެވެން އޮތްވަރަކުން ހޭދަކުރާށެވެ. އެމީހަކަށް ﷲ ތަޢާލާ އިތުރުކުރައްވަވައި ދެއްވަވާނެތެވެ.
ޒަކާތް ދެއްކުމަކީ ކުރާ ޞަދަޤާތެއް ނޫނެވެ. އެއީ އިސްލާމް ދީނުގެ ފަރުޟެކެވެ. ޞަދަޤާތަކީ އެމީހާގެ ތަޤްވާވެރިކަމުން ﷲ ތަޢާލާގެ މަގުގައި ހޭދަކުރާ އެއްޗެކެވެ. ޒަކާތުގެ އިތުރުން އެމީހަކަށް ލިބޭ އާމްދަނީގެ ބައެއް ޞަދަޤާތްކުރާ މީހުންނަށް ﷲ ތަޢާލާ އެތައް ގުނައެއް އިތުރުކުރައްވަވައި އެމީހަކަށް ތަނަވަސްކަން ދެއްވަވަތެވެ.
Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “There is not a day upon which the servant awakens but that two angels descend. One of them says: O Allah, repay one who spends in charity! The other says: O Allah, destroy one who withholds charity!”
Source: Ṣaḥīḥ al-Bukhārī 1374, Ṣaḥīḥ Muslim 1010
Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim
عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلَّا مَلَكَانِ يَنْزِلَانِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا وَيَقُولُ الْآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا
1374 صحيح البخاري كتاب الزكاة باب قول الله تعالى فأما من أعطى واتقى وصدق بالحسنى
1010 صحيح مسلم كتاب الزكاة باب في المنفق والممسك
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
6 ޖޫން 2025