އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ މެރިކަލްޗަރ ސިނާޢަތަށް އިންވެސްޓްކުރުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަނީ!

ރާއްޖޭގެ މެރިކަލްޗަރ ސިނާޢަތަށް އިންވެސްޓްކުރުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ރާއްޖޭގެ މެރިކަލްޗަރ ސިނާޢަތަށް އިންވެސްޓްކުރުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ މެރިކަލްޗަރ އަކީ މި ސަރުކާރުން ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރަން ބޭނުންވާ ދާއިރާއެއް ކަމަށެވެ. މިކަމަށްޓަކައި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި މެރިކަލްޗަރއަށް އިންވެސްޓްކުރެވޭނެ މާހައުލެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ ހުޅުވާލުމުގެ މަސައްކަތްތައް. ބިޑް ޑޮކިއުމަންޓް ތައްޔާރުކުރެވިފައި މިގަސްތުކުރަނީ މިއަންނަ މަހުގައި އިރާދަކުރެއްވިއްޔާ ފަހުކޮޅު ހުޅުވާލެވި 3 މަސްދުވަސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޚާއްސަ މިކުރަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް," ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، ދުނިޔޭގައި މެރިކަލްޗަރ ކުރިއަރާފައިވާ ޤައުމުތަކުން ދޭ ލުއިތަކަށްވުރެ ރަނގަޅު ލުއިތަކެއް ބޭރުގެ އިންވެސްޓަރުންނަށް އަމާޒުކޮށްގެން ރާއްޖެއިން ދެމުންދާ ކަމަށެވެ. މީގެ ތެރޭގައި އިކުއިޒިޝަން ކޮސްޓް ނުނެގުމާއި 3 އަހަރުދުވަހުގެ ލޭންޑް ރެންޓް ނުނެގުން ހިމެނެއެވެ. މިކަމުގެ ސަބަބުން މެރިކަލްޗަރ ފަށާ ފަރާތްތަކަށް ކުރަންޖެހޭ އިންވެސްޓްމަންޓް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މެރިކަލްޗަރ ކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް ބޭނުންވާ ވަކި ސަރަހައްދުތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ފުރުސަތު ހުޅުވާލުމަށްފަހު، 3 މަސްދުވަހުގެ މުއްދަތެއް ބޭރުގެ އިންވެސްޓަރުންނަށް ޚާއްސަކޮށް، ރާއްޖެއަށް ރަނގަޅު އިންވެސްޓްމަންޓްތައް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު