އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔެ ނިމެންދާއިރު މުރިމަތިވާނެ މާލީ ކާރިސާތައް މިވަނީ ފެށިފަ! އޮތީ އެމީހަކަށް ފަހަށް ރައްކާކުރެވެން އޮތް ގިނައަކުން ރައްކާކުރަމުން ގެންދިއުން!

ދުނިޔެ ނިމެންދާއިރު މުރިމަތިވާނެ މާލީ ކާރިސާތައް މިވަނީ ފެށިފަ! އޮތީ އެމީހަކަށް ފަހަށް ރައްކާކުރެވެން އޮތް ގިނައަކުން ރައްކާކުރަމުން ގެންދިއުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 19 ސިކުންތު

މެދުއިރުމަތީގައި، ވަކިން ޚާއްޞަކޮށް ޣައްޒާގައި ހިންގަމުންގެންދާ ޖަރީމާތަކުގެ އަޞްލަކީ ކޮބައިކަން ގިނަ ބައަކަށް ވަނީ އޮޅިފައެވެ. ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އެއީ ޔަހޫދީންނާއި ފަލަސްޠީނުގެ ރައްޔިތުންނާއި ދެމެދުގައި އޮތް މައްސަލައެއް ކަމަށެވެ. އެއީ ބޭރުފުށަށް މައްސަލަ ފެންނަ ގޮތެވެ. މިހާރު މިދާ ގޮތަށް ކަންކަން ދާނަމަ މައްސަލައިގެ ޙަޤީޤަތް މުޅިން ތަފާތުކަން ލަސްތަކެއް ނުވެ ފެންނާނެއެވެ. މުސްލިމުންގެ ދުޢާއަކީ އެބޮޑު ފިތުނައިން އުންމަތް ސަލާމަތްކޮށްދެއްވެވުމެވެ. 

ރަނގަޅަށް އަޑުއަހާށެވެ! ފަށައިގެނ މިއުޅެނީ އިޤްޠިޞޯދީ ހަނގުރާމައެކެވެ. ޣައްޒާގެ ބިމުގައިވާ ރަންފަރުބަދައަކަށްވުރެ އަގުހުރި ބިންކޮޅެއްގެ މައްސަލައެވެ. އެއީ ދެވަނަ ސުވޭސްކެނެލް ކެނޑުމުގެ މަގުފަހިވެގެންދާ ބިންކޮޅެކެވެ. މިޞުރާ ގުޅޭ ކަންމައްޗެވެ. މިކަމަށް މިއަދު ހޭލުންތެރި ނުވެއްޖެނަމަ އަދި މުޅިދުނިޔެވެސް އެކަމަށް ސަމާލުކަން ނުދީފިނަމަ އެކަމުގެ ނަތީޖާ ފެނިގެންދާނީ ވަރަށް ހިތި ގޮތަކަށެވެ. 

ފެންނަމުން މިދަނީ ދުނިޔެ ނިމުމުގެ ކޮޅުމައްޗެވެ. ދުނިޔެ ނިމެންގާތްވުމުން ބޮޑު ތަދެއް އަންނާނެކަމާއި ހައިހޫނުކަން އިންތިހާއަށްދާނެކަން އެނގެން އެބަ އޮތެވެ. ބޮޑު ދައްޖާލު ފައުޅުވާނީ ހައިހޫނުކަން އިންތިހާއަށް ގޮސްފައިވަނިކޮށެވެ. އޭއްޗަށް ﷲ ތަޢާލާ ދެއްވަވާ ޚާއްޞަ ޢިނާޔަތްތަކުގެ ތެރެއިން އޭތި އިޝާރާތްކޮށްލުމުން އުޑުންވާރޭ ވެހި ފެންލިބި ދަނޑުވެރިކަން އުތުރިގަނެ ކާބޯތަކެތި ލިބެން ފަށާނެއެވެ. އޭތީގެ ބަހަށް ގިނަ ބައަކު ހެއްލިގެންދާ އެއްސަބަބަކީވެސް އިންތިހާއަށް ހައިހޫނުކަމުގައި ތިއްބައި އޭތީގެ ސަބަބުން ފެންލިބި ކާބޯތަކެތި ލިބިގެންދާ ކަމެވެ. ނަމަވެސް އެކަން ޤަބޫލުކުރާނީ ކާފިރުންނަށެވެ. އެއިރު ތިބޭނީ މުސްލިމުންގެ މަދުބައެކެވެ. އެމީހުންނަށް ޙަޤީޤަތް ވިސްނި ﷲ ތަޢާލާގެ މަގުގައި ޘާބިތުވާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!   

"އަދި ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ ބާރުގަދަ ބަޔަކު ކަމުގައި، އެއުރެން (އެބަހީ: ކުރިން އުޅުނު މީހުން) ވިއެވެ. އަދި އެއުރެން ބިންގަނޑު (ދަނޑުގޮވާން ކުރުމަށާއި، މައްދަންތައް ނެރުމަށް) ތައްޔާރުކުރޫއެވެ. އަދި (މައްކާގެ ގެ މުޝްރިކުން) އެ ބިން އާބާދުކުރި ވަރަށްވުރެ ބޮޑަށް، އެއުރެން އެ ބިން އާބާދުކުރޫއެވެ. އަދި އެއުރެންގެ ރަސޫލުން، ފާޅުވެގެންވާ މުޢްޖިޒާތް ތަކާއިގެން، އެއުރެންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ﷲ، އެއުރެންނަށް އަނިޔާކުރައްވާ ކަމުގައެއް ނުވެތެވެ. އެހެނެއްކަމަކު، އެއުރެން، އެއުރެންގެ އަމިއްލަ ނަފްސްތަކަށް އަނިޔާކުރާކަމުގައި ވިއެވެ."

(އައްރޫމް :9) 

މިއަދު މުޅި ދުނިޔެ މިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ދުނިޔޭގެ އެންމެ ގިނަބައަކު ބޭނުންކުރާ ފައިސާ އެމެރިކާ ޑޮލަރަކީ ކަރުދާހަށްވާން ގާތްވުމުގެ ޢަލާމާތްތައް ފެންނަން ފަށައިފިއެވެ. އެމެރިކާގެ ފައިސާގެ އަގުހިފަހައްޓަނީ ރަނެވެ. ނަމަވެސް ރަނުގެ ބަދަލުގައި މިއަދު ފައިސާގެ އަގުހިފަހައްޓަނީ ތެލެވެ. 

އީރާނުން މިހާރުވެސް ވަނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި ޠޫރޯއަށް ތެޔޮވިއްކަން ފަށައިފައެވެ. ސައުދީ ޢަރަބިޔާއިން މިހާރުވަނީ ޑޮލަރު ނޫން އެހެން ފައިސާއަށް ތެޔޮ ވިއްކުމުގެ މަގުމަތީގައެވެ. ނުވަތަ އެކަން ފަށައިފައެވެ. އެހެންކަމަށްވެގެންދިއުމުން ޑޮލަރަށް ދެންވާނީ ކިހިނެއްހެއްޔެވެ؟ 

ޑޮލަރުގެ އަގުވެއްޓި ކަރުދާހަށްވުމަކީ 3 ވަނަ ދުނިޔޭގެ ޤައުމުތަކުގެ އިޤްޠިޞޯދަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. 3 ވަނަ ދުނިޔޭގެ ޤައުމުތައް ބަނޑަށް ޖެހުމާއި ގާތްވެގެންދާނެއެވެ. ހައިހޫނުކަން ޢާންމުވާނެއެވެ. އަތުން ފައިސާ ހުސްވެގެންދާނެއެވެ. ބާރުގަދަ ޤައުމުތަކުން 3 ވަނަ ދުނިޔޭގެ ޤައުމުތަކަށް އަރައިގަނެ މުއްސަނދިކަން ފޭރެންފަށާނެއެވެ. ދަނޑުގޮވާންތައް އަތުލައިގަންނާނެއެވެ. 

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "3 ވަނަ ބޮޑުހަނގުރާމަކުރާނީ ކޮން ހަތިޔާރަކުން ކަމެއް ނުއެނގެއެވެ. ނަމަވެސް 4 ވަނަ ބޮޑުހަނގުރާމަކުރާނީ އޮއްގަލާއި ލަޓިބުރިތަކުންނެވެ." މާނައަކީ ހަތިޔާރު ގަންނާނެ ފައިސާއެއް ޤައުމުތަކުގައެއް ނުހުންނާނެއެވެ. 

އެމެރިކާ މިހާރުވެސް މުއްސަނދިކަން ހިފަހައްޓަނީ އެމީހުން ބޭނުންވާ ޤައުމުތަކުގެ ފައިސާތައް ހިފަހައްޓައިގެންނެވެ. އަތުލައިގަނެގެންނެވެ. އެންމެ ގިނައިން އަތުލައިގަންނަނީ މުސްލިމް ޤައުމުތަކުގެ ފައިސާތަކެވެ. އެހެންކަމުން މިއުޅެނީ ﷲ ތަޢާލާގެ ކޯފާ އަންނަންހެއްޔެވެ؟ 

މިހިރީ ހައްތާވެސް ސުވާލުތަކެވެ. ހުރިހާވެސް މައްސަލައަކީ ކީރިތި ޤުރްއާނުގެ އާޔަތްތަކަށް ވިސްނައި ނުލެވޭކަމެވެ. ބިރުވެތިނުވެވޭކަމެވެ. ޤުރްއާން ޤަބޫލުނުކުރާކަމެވެ. ޤުރްއާނަށް ޢަމަލުނުކުރާކަމެވެ. 

ބުނަން ހެއްޔެވެ؟ މިބުނި ކަންކަން އެއް ދުވަހުން ލޮލަށް ނުފެނިދާނެއެވެ. އެހެނަސް އެކަންކަން ބައްދަލުކުރުން ދެން ލަހެއް ނުވާނެއެވެ. ދުނިޔެ މިދަނީ ނިމުމަކަށެވެ. މިހުރިހާ ކަންކަން ގުޅިފައިވަނީ ދުނިޔޭގެ ނިމުމާއިއެވެ. އެނގިގެން މިދަނީ މަހްދީގެފާނު ފައުޅުކުރެއްވެވުން ދާދި ގާތްވެއްޖެކަމެވެ. 

މީސްތަކުންނޭވެ! ހޭލާށެވެ! ހޭލުންތެރިވާށެވެ! މިބުނި ޙާލަތުން ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ ޤުރްއާނުގައިވާ ކަންކަން ޤަބޫލުކޮށް ޢަމަލުކުރި މީހަކަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް