އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޚް ފަރީދު ރަޙިމަހުﷲ އަވަހާރަވުމާއި ގުޅިގެން މިއަދުނޫހުގެ ޚާއްޞަ ބައިވެރިއެއްގެ އިޙްޞާޞްތައް-

ޝައިޚް ފަރީދު ރަޙިމަހުﷲ އަވަހާރަވުމާއި ގުޅިގެން މިއަދުނޫހުގެ ޚާއްޞަ ބައިވެރިއެއްގެ އިޙްޞާޞްތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

إنا لله وإنا إليه راجعون.

ރާއްޖޭގެ ދީނީ ދަޢުވަތަށް އަގު ނުކުރެވޭހާ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަޅުގަނޑުމެންގެ ލޮބުވެތި ޝައިޚް އިބްރާހީމް ފަރީދު (رحمه الله) ކުއްލިގޮތަކަށް ނިޔާވި ޚަބަރު އަޑުއެހީ ނުހަނު ފުން ހިތާމަޔާއެކު!

މި ހިތާމަވެރިވަގުތުގައި އެއާއިލާގެ މި ހިތާމާގައި ބައިވެރިވާހާލު އިޚްލާސްތެރި ތައުޒިޔާ ދަންނަވަން!

ދުއާ އަކީ ޝައިޚް ފަރީދުގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން! آمیـــــــــــــن.. 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ލޯތަކުގެ ކުރިމަތީގައި ތަކުރާރުވަމުން މިދާ މަރުގެ އެކި ހާދިޘާތަކުން ހާމަވެގެންދަނީ މަރަށް ތައްޔާރުވެ ތިބުމުގެ މުހިންމުކަމެވެ. އެ މަރު ކުއްލިގޮތަކަށްވެސް ތިމާއާ ބައްދަލުކޮށްފާނެކަމެވެ. އަދި އާޚިރަތަށްޓަކައި އަބަދުވެސް ހެޔޮ ޢަމަލު ކުރުމުގެ މުހިންމުކަމެވެ. ޢީދު ފާހަގަ ކުރުމުގެ ނަމުގައި މުންކަރާތްތަކަށް އަރައިގަންނަމުންދާ ފަރާތްތަކަށް ޝައިޚް ފަރީދުގެ މަރުގައި ޢިބްރަތްތަކެއްވެއެވެ. ނާޗަރަންގީއާއި ޣާފިލުކަމުގެ ތެރޭގައިވަނިކޮށް ކުއްލިގޮތަކަށް މަރު އެމީހަކާ ބައްދަލުކޮށްފިނަމަ އެއީ ކޮންފަދަ ބަދު ނަސީބުވެރިއެއްތޯއެވެ؟

ބުއްދިވެރިންނަކީ މިފަދަ ޙާދިޘާތަކުން ޢިބުރަތްޙާޞިލުކޮށް ދާއިމީ ޙަޔާތަށްޓަކައި ލިބިފައިމިވާ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހުންނެވެ.  ﷲ ތަޢާލާ ލޮވުވެތި ޝައިޚްގެ ފާފަފުއްސަވާ ޖަންނަތުލް ފިރްދަވްސްގެ ވާރުތަވެރިއެއްކަމުގައި ލައްވާށި! آمين

(މިއީ މިއަދުނޫހުގެ ބައިވެރިންގެ ތެރޭގައި ހިމެނިލައްވާ ލޯފަން ބައިވެރިއަކު އަމިއްލަފުޅަށް ލިޔުއްވާފަ ފޮނުއްވި ލިޔުމެއް!)

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު