އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޚް ފަރީދު ރަޙިމަހުﷲ: މިއަދުނޫހަށް ކުރިމަތިވި ދަތިތަކުގަ އެންމެ ހިތްވަރުދެއްވި ޝައިޚް! މިއަދުނޫހާ ގުޅިގެން އެންމެ ގިނަ ދަރުސް އިންތިޒާމްކޮށްދެއްވި ޝައިޚް!

ޝައިޚް ފަރީދު ރަޙިމަހުﷲ: މިއަދުނޫހަށް ކުރިމަތިވި ދަތިތަކުގަ އެންމެ ހިތްވަރުދެއްވި ޝައިޚް! މިއަދުނޫހާ ގުޅިގެން އެންމެ ގިނަ ދަރުސް އިންތިޒާމްކޮށްދެއްވި ޝައިޚް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ރަޙިމަހުﷲ އަކީ ވަރަށް ގިނަ ގޮތްގޮތުން މިއަދުނޫހަށް ވަރަށް ޚާއްޞަ ޢިލްމްވެރިއެކެވެ. މިއަދުނޫހާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތައް ކުރެއްވެވި، ވަރަށް ގިނަ ގޮތްގޮތުން އެހީތެރިވެދެއްވައި ހިތްވަރު ދެއްވި ޝައިޚެވެ. 

ފުރަތަމަ ކަމަކަށް ކޮންމެ ދަންވަރަކު ކަމަކު ގުޅިޔަސް އެކަމެއް އޮޅުންފިލުންވައިދެއްވުން، ޙަދީޘް އާއި ދުޢާ ތަރުޖަމާކޮށްދެއްވުން ފާހަގަކުރަމެވެ. ދެވަނަ ކަމަކަށް މިއަދުނޫހުގެ ކަރުގައި ހިފައި ވާންކޮށްލާފައި އޮތް އަހަރުތަކުގައި ދެއްވި ހިތްވަރު ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރަމެވެ. އަބަދުވެސް ވިދާޅުވެއެވެ. "ޢަބްދުއްލަޠީފްއެވެ! ދީނީ ގޮތުން ޘާބިތުކަމާއެކު ކަމާއެކު ކުރިއަށްދާން މަސައްކަތްކުރާނަމަ ހުރަސްތައް ކުރިމަތިވާނެއެވެ! ހިތްވަރުކޮށްލީމާ ހުރަސްތައް ބަލިވެ ފީވެ ހަލާކުވެ އިނދަޖެހިގެންދާނެއެވެ. ހިތްވަރު ދެރަނުކުރާށެވެ! އެންމެ ތަންފުކެއްވެސް ދޫނުކުރާށެވެ!" ކަންކަން ވެގެންދިއައީވެސް ހަމަ އެގޮތަށެވެ! 

2015 ވަނަ އަހަރު ދެންނެވީމެވެ! "ޝައިޚްއެވެ. އެންމެންވެސް ދައްކަނީ ރަމަޟާން މަހަށް ފަހު މީސްތަކުން ދީނާ ދުރުވާ ވާހަކައެވެ. އެކަމަކު ވިސްނަވާށެވެ! ފުރަތަމަ ބަލަންވީ ރަމަޟާން މަހަށް ފަހު މީސްތަކުން ދީނާ ކައިރިކުރުވަން ކުރެވޭ މަސައްކަތަށް ނޫންތޯއެވެ؟ އެމަސައްކަތް ދޯހަޅިވީމާ މީސްތަކުންނަށް އަންނަ ބަދަލު ބޮޑުވަނީއެވެ. ދަރުސްދޭން އަމިއްލައަށް ފަށަމާ ހިނގާށެވެ!" 

ޝައިޚް ތާއީދުކުރައްވައި އެއްބަސްވެލެއްވުމުން ޖެހިގެން އައި ހަފްތާއިން ފެށިގެން ކޮވިޑަށް މިސްކިތްތައް ބަންދުކުރަންދެން ދަރުސްތައް ކުރިއަށް ގެންދެވުނެވެ. އެކަމުން ބައަކަށް ފައިދާތަކެއްވެސް ކުރިކަމަށް އުންމީދުކުރެވެއެވެ. އިން ޝާ ﷲ

މިއަދުނޫހުގެ އެދުމަށް ބައެއް ރަށްރަށުގައި ދަރުސް ދެއްވެވިއެވެ. އަދި އަލްކައުނުން ރަށްރަށުގައި ބާއްވާ ދަރުސްތަކަށް ދައުވަތު ދެއްވައެވެ. 

ޝައިޚް ފަރީދު ރަޙިމަހުﷲ އަކީ މިނޫންވެސް ތަފާތު އެތައް ސަބަބުތަކަށްޓަކައި މިއަދުނޫހަށް ވަރަށް ޚާއްޞަ ޢިލްމުވެރިއެކެވެ. ދުޢާއަކީ ﷲ ތަޢާލާ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ޝައިޚް ފަރީދު ރަޙިމަހުﷲ އަށް މިންވަރުކުރެއްވެވުމެވެ. ޢާއިލާއަށް ކެތްތެރިކަން ދެއްވެވުމެވެ. ޢަމީން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް