އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކުވެރިއަކަށްނަމަވެސް އެހެން މީހަކަށް ނަމަވެސް ކަމެއް ދިމާވުމުން ދުޢާކުރަން ބުނެ ހިތްވަރު ދޭށެވެ! ދުޢާކުރަން ބުނުމާ އެކަމަށް ހިތްވަރުދިނުމަކީވެސް ކުރެވޭ މަތިވެރި ޞަދަޤާތެކެވެ!

އެކުވެރިއަކަށްނަމަވެސް އެހެން މީހަކަށް ނަމަވެސް ކަމެއް ދިމާވުމުން ދުޢާކުރަން ބުނެ ހިތްވަރު ދޭށެވެ! ދުޢާކުރަން ބުނުމާ އެކަމަށް ހިތްވަރުދިނުމަކީވެސް ކުރެވޭ މަތިވެރި ޞަދަޤާތެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

ދުޢާއަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތުޔާރެވެ! އަދި ދުޢާއަކީ ޞަދަޤާތެކެވެ. އެހެނީ މީހަކަށްޓަކައި ދުއާކޮށްދިނުމަކީ އެމީހަކަށްޓަކައި ކުރެވޭ ޞަދަޤާތެކެވެ. ހަމަ އެއާއިއެކު މީހެއްގެ ގާތު ދުޢާކުރުން ބުނުމަކީވެސް ޞަދަޤާތެކެވެ. އެހެނީ އެއިރުން އެ ނަޞޭޙަތް ދެވެނީ ހެޔޮ އަމަލެއް ކުރަން ކަމުގައިވާތީއެވެ.

ބަލިޙާލުގައިވާ މީހަކަށް ތިބާ ޒިޔާރަތްކުރީއެވެ. އެމީހާއަށް މާލީ އެހީތެރިކަމަށް ބޭނުންވެފައިވާނަމަ ވެވެން އޮތް މިންވަރަކުން އެހީތެރިވާށެވެ. އެހީތެރިވުމާއިއެކުގައިވެސް ހެޔޮ ދުޢާކޮށްދޭށެވެ! އެއިރުން އެކުރެވެނީ ދެ ޞަދަޤާތެވެ. މާލީ ގޮތުން އެހީވުމުގެ ކުޅަދާނަކަން ނުވަތަ ތަނަވަސްކަން ނެތް ނަމަ އެއީ ވެސް މައްސަލައެއް ނޫނެވެ. އަމަލުން ކޮށްދެވެން އޮތް ކަމެއް ކޮށްދޭށެވެ. އަމަލުން ކަމެއް ކޮށްދެވެން ނެތްނަމަ އެއީވެސް މައްސަލައެއް ނޫނެވެ. އެމީހަކަށްޓަކައި ހެޔޮ ދުޢާ ކޮށްދޭށެވެ.

ބަލި މީހެއްގެ ޤާތަށް ދިއަ ނަމަވެސް އެމީހެއްގެ ބައްޔާއިބެހޭ ހުރިހާ މައުލޫމާތެއް އޮޅުންފިލުވަން މަސައްކަތް ނުކުރާށެވެ. އެހެނީ ކޮންމެ ކޮންމެ މީހަކަށް ހާމަކުރަން ބޭނުން ނުވާ ކަންތައްތަކެއްވެސް ހުންނާނެއެވެ. ވީމާ އެމީހަކު އަމިއްލައަށް ކިޔައި ނުދިންނަމަ ތަފްޞީލުތައް ހޯދަން ސުވާލުތައް ނުކޮށް އޭނާއަށް އެހީތެރިވާށެވެ! ހެޔޮދުޢާކުރާށެވެ! އަދި ހިތްވަރުވެސް ދޭށެވެ.

މީހަކަށް މުޞީބާތެއް ނުވަތަ ދަތި ހާލަތެއް ކުރިމަތިވެގެން އުޅޭނަމަ އެމީހަކަށްޓަކައި ހެޔޮ ދުޢާ ކުރާނަމޭ، ތިބާވެސް ގިނަގިނައިން ދުޢާ ކުރާށޭ އެމީހެއްގެ ގާތު ބުނެވިއްޖެ ނަމަ އެކަމުގެ އަގު ވަޒަންކުރާ މީހުން ދަނީ މަދުވަމުންނެވެ. ގިނަ ބއަކަށް ޤަބޫލުކުރެވެނީ އެއީ އެކަމާއި އަޅައި ނުލައި ދޫކޮށްލުން ކަމަށެވެ. ނުވަތަ އެއްވެސް ސަމާލުކަމެއް ނުދިނުން ކަމަށެވެ. ސަމާލުކަންދީ އެހީތެރިވުމަކީ ފައިސާތަކެއް ދިނުން ކަމަށެވެ. މިއީ ކަނޑައެޅިގެން ވަރަށް ނުބައި، ވަރަށް ގޯސް ވިސްނުމެކެވެ.

މިސާލަކަށް ހޮސްޕިޓަލުގައި އޮތް ނުވަތަ އެނޫންވެސް ބަލި މީހަކާއިމެދު ވިސްނާށެވެ. އަދި އެނޫންވެސް މުޞީބާތެއްގައި އުޅެން ޖެހިފައިވާ ކޮންމެ މީހަކާއިމެދު ވިސްނާށެވެ. ކިތަންމެ ގިނަ އަދަދަކަށް ފައިސާ ދިން ނަމަވެސް މައްސަލައަށް ޙައްލެއް ލިބޭނީ، ބަލި ފަސޭހަވާނީ ﷲ ތަޢާލާ އެކަމަށް އިރާދް ކުރެއްވެވުމުންނެވެ. ވީމާ ހަމައެކަނި ފައިސާއަކީ އެއްވެސް ކަމެއްގެ ޙައްލެއް ނޫނެވެ. ފައިސާ ލިބުނު ނަމަވެސް ދުޢާކުރަން ޖެހޭނެއެވެ.

މިބުނި ބަހުގެ މާނަ އޮޅުވައި ނުލާށެވެ! މިސާލަކަށް މީހަކަށް ހޮސްޕިޓަލް ބިލް ނުދެއްކިގެން ފަދަ ކަމެއް މެދުވެރިވެގެން ތަނަވަސްކަން ހުރި މީހެއްގެ ކިބައިން އެހީތެރިކަމަށް އެދިއްޖެ ނަމަ އެއްވެސް އެހީއެއް ނުވެ ދުޢާ ކުރަން ބުނެ ފޮނުވާލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ހަމައެއާއިއެކު ފައިސާ ދިން ނަމަވެސް އެމީހަކަށްޓަކައި ހެޔޮ ދުޢާ ކޮށްދޭން ވާނެއެވެ. އަދި ތަޤްވާވެރިކަން އިތުރުކުރުމަށާއި ހެޔޮ ދުޢާކުރުން އިތުރުކުރަން ނަޞޭހަތްތެރިވާންވެސް ވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް