އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު
ކިރިޔާ ބޭނުމެއް ޖެހޭއިރަށްވެސް ކޮންމެވެސް މީހަކުގެ ކިބައިން އެހީތެރިކަމަށް އެދުމުގެ އާދަ މިވަނީ އަށަގެންފައެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ސަބަބުތައް ވަރަށް ގިނައެވެ.
ކަމެއްކޮށްދީފައި ކަލަނުގޮވާނެ، ބަދަލަށް ނުއެދޭނެ މީހުން ވަރަށް މަދުވާނެއެވެ. ވީމާ މުސްލިމުންގެ ގޮތަކަށްވާންޖެހޭނީ ލިބޭ މިންވަރަށް ފުދިގެން އުޅެން މަސައްކަތްކުރުމާއި އިތުރު އާމްދަނީ ހޯދަން މަސައްކަތްކުރުމާއި ﷲ ތަޢާލާއަށް ދުޢާކުރުމެވެ.
ކިތަންމެ ގާތް އެކުވެރިއެއްގެ ކިބައިންވެސް މާގިނަ ބޭނުންތައް ޙާޞިލުކުރެވޭނެ ކަމަށް އުންމީދުނުކުރާށެވެ! މާގިނަ ކަންކަން ކޮށްދޭނެ ކަމަށްވެސް އުންމީދުނުކުރާށެވެ! އެގޮތަށް އުންމީދުކުރުމުން ކުރިމަތިވެދާނެ ކަމަކީ ކޮށްދޭ ކަންކަން މަދުވުމުން ނުވަތަ ފޯރުކޮށްދޭ އެހީތެރިކަން ކުޑަވުމުން މާޔޫސްވާންޖެހުމެވެ.
ތިމާއަށް ކުރިމަތިވެފައިވާ ދަތި ޙާލަތަކުން އަރައިގަންނަން މީހަކު އެހީތެރިވެދީފިނަމަ އެކަމަށް ޝުކުރުވެރިވާށެވެ. ހަމައެއާއިއެކު ކިތަންމެ ދަތި ޙާލަތެއްގައި ދިރިއުޅެންޖެހުނު ނަމަވެސް އެހެން މީހެއްގެ އެހީތެރިކަމަށް ނުއެދި އުޅެން ހިތްވަރުކުރާށެވެ.
Abu Huraira reported: The Messenger of Allah, peace and blessings be upon him, said,
“By him in whose hand is my soul, if one of you were to carry a bundle of firewood on his back and sell it, that would be better for him than begging a man who may or may not give him anything.”
Source: Ṣaḥīḥ al-Bukhārī 1401, Ṣaḥīḥ Muslim 1042 Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ މިސްތަކުންގެ ކިބައިން ކަންކަމު ނުއެދި އުޅުމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ޙަދީޘްފުޅުގައި އެވަނީ އެއްޗެއް ދީފާނެ ނުވަތަ ނުދީފާނެ މީހުން ގާތު އެހީތެރިކަމަށް އެދުމަށްވުރެ ބުރަކަށީގައި (ކޮނޑުގައި) ދަރު އުފުލައި ވިއްކުންވެސް ރަނގަޅު ކަމަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
11 ޖޫން 2025