އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެރައާ ނިކަމެތިކަންދޭން އުޅޭ ބައަކު އަބަދުވެސް ތިބޭނެ! ކަންބޮޑުނުވެ ﷲ އަށް ވަކީލްކޮށްފަ ދިރިއުޅުމާއިގެން ކުއަށްދާން މަސައްކަތްކުރާ މީހުންނަށް ލައްވަވާ ރަޙްމަތް މާބޮޑުވާނެ! އިން ޝާ ﷲ

ދެރައާ ނިކަމެތިކަންދޭން އުޅޭ ބައަކު އަބަދުވެސް ތިބޭނެ! ކަންބޮޑުނުވެ ﷲ އަށް ވަކީލްކޮށްފަ ދިރިއުޅުމާއިގެން ކުއަށްދާން މަސައްކަތްކުރާ މީހުންނަށް ލައްވަވާ ރަޙްމަތް މާބޮޑުވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ފުރަތަމަ ބުނެލަން ބޭނުންވަނީ "ތިބާއަށް ގެއްލުންދޭން މަސައްކަތްކުރާ މީހާގެ ކަންތައް އަމިއްލައަށް ޙައްލުކުރަން ނޫޅެ ﷲ އަށް ދޫކޮށްލުމުން ކުރާނެ ފައިދާ މާބޮޑުވާނެ، އިން ޝާ ﷲ" މިބުނި ބަހުގެ މާނައަށެވެ. އެބަހުގެ މާނައަކީ އޭނާ އާއިމެދު ﷲ ތައާލާ ނިންމަވާ ގޮތަށް ރުހުމެވެ. އޭނާއަށް ދެރައެއް ދޭން އަމިއްލައަށް ނުއުޅުމެވެ.  

އެއްވެސް މީހަކު ތިބާއަށް ގެއްލުންދޭން މަސައްކަތްކުރާނަމަ ކަންބޮޑުވެ އެކަމަށް ވިސްނުމަށާއި ރުޅިއަންނަން، ނުވަތަ އޭނާގެ ކިބައިން ބަދަލުހިފާނެ ގޮތްތައް ރާވަން ވަގުތު ނަގައިނުލާށެވެ! އެކަން ވާނީ ކުރެވޭ ނުބައި ކަމެއްގެ އިތުރުން ކުރެވޭ ބޭކާރު ކަމަކަށެވެ.  

އެހެނީ މީހަކަށް ދެރައެއް ނުވަތަ ގެއްލުމެއް ދޭން މަސައްކަތްކުރި ނަމަވެސް އެކަން ކުރެވޭނީ ﷲ ތަޢާލާ އެކަމަކަށް އިރާދަކުރައްވަވައިފިނަމަ ކަމަށްވާތީއެވެ. މާނައަކީ އެ ދެރައެއް އޭނާއަށް ލިބުމަށް މިންވަރުފުޅުގައިވާނަމައެވެ. ދުނިޔޭގެ އެންމެން އެކުވެގެން މީހަކަށް ދެރައެއް ދޭން ނުވަތަ ފައިދާއެއް ހޯދައިދޭން މަސައްކަތްކުރިނަމަވެސް އެކަމެއް ވާނީ ﷲ ތަޢާލާ އިރާދަކުރެއްވެވުމުން ކަމުގައިވާތީއެވެ.  

ވީމާ ތިބާއަށް ދެރައެއް، ގެއްލުމެއް ހިތްދަތިކަމެއް ދޭން މީހަކު މަސައްކަތްކުރިނަމަވެސް ﷲ ތަޢާލާއަށް ވަކީލްކޮށްލާށެވެ! އަނިޔާވެރިން ރާވާ ރޭވުންތަކުން ސަލާމަތްކުރެއްވެވުމުގެ ހުރިހާ ބާރެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ! ތިބާއަކަށް ނޫނެވެ!  

ﷲ ތަޢާލާ ދެނެވޮޑިގެން ނުވާ ރޭވުމެއް ހަމައެކަކަށްވެސް ނުރޭވޭނެއެވެ. އެކަން ހިތުގައި ޔަޤީންކޮށްގެން ހުރުމުން އަބަދުވެސް ހުރެވޭނީ ހިތްހަމަޖެހިގެން އުފަލުގައެވެ. ހަމައެއާއިއެކު ވިސްނުމުގައި އަބަދުވެސް ބަހައްޓަންވީ އެއްވެސް މީހެއްގެ ކިބައިން ބަދަލު ނުހިފުމަށް ﷲ ތަޢާލާ އަންގަވާފައިވާކަމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުން އެކަލާނގެ ދެއްވަވާނެ ޘަވާބަށެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް