އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ޑޮމެސްޓިކް ވަޔަލަންސް ޝެލްޓާ"ގެ ނަމުގައި ވަގުތީ ހިޔާތަކެއް ތައްޔާރުކުރަނީ

"ޑޮމެސްޓިކް ވަޔަލަންސް ޝެލްޓާ"ގެ ނަމުގައި ވަގުތީ ހިޔާތަކެއް ތައްޔާރުކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

އަނިޔާ ލިބޭ އަންހެނުންނަށް ޚާއްޞަކޮށްގެން "ޑޮމެސްޓިކް ވަޔަލަންސް ޝެލްޓަރ" ގެ ނަމުގައި އިތުރު ތިން ވަގުތީ ހިޔާ ތައްޔާރުކުރަމުންދާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑރ. ޝިހާމް ވިދާޅުވީ، މިވަގުތު ރާއްޖޭގައި މިފަދަ ހާލަތްތަކަށް ޤާއިމުކުރެވިފައި ހުރީ އެންމެ ހިޔާއެއް ކަމަށާއި، އެ ވުޒާރާއަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދަށް ބަލާއިރު މުޖުތަމަޢަށް މިފަދަ އިތުރު ތަންތަން ބޭނުންވާ ކަމަށެވެ.

"މިހާރު ރާއްޖޭގައި ހުރީ އެންމެ ހިޔާއެއް. އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ހުށަހެޅޭ މައްސަލަތަކުގެ ނަންބަރުތަކަށް ބަލާއިރު މުޖުތަމަޢަށް އެބަ ބޭނުންވާކަން މިކަހަލަ ތަންތަން،" ޑރ. ޝިހާމް ވިދާޅުވިއެވެ.

މި ސަބަބަށްޓަކައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެފަދަ ތަންތަން ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން އިތުރު ތިން ވަގުތީ ހިޔާ ތައްޔާރުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ހިޔާތަކުގެ ސަބަބުން އަނިޔާ ލިބޭ އަންހެނުންނަށް ރައްކާތެރިކަމާއެކު ވަގުތީ ހިޔާވަހިކަން ލިބި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު