އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުން ތަމްސީލްކުރާ މެންބަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.
މި ކަމާ ގުޅޭގޮތުން މަޖިލީހުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤާނޫނުއަސާސީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ޖޭއެސްސީއަށް އާންމުންގެ ތެރެއިން މެންބަރަކު ކަނޑައަޅާނީ މަޖިލީހުންނެވެނެވެ.
މި މަޤާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ. އަދި މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި އިތުރު ޝަރުޠުތަކެއްވެސް ފުރިހަމަވާންޖެހެއެވެ. އޭގެ ތެރޭގައި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. މީގެ އިތުރުން، ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަނުކުރެވޭ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައިވެސް ވެގެން ެގެން ނުވާނެއެވެ.
އަދި ހަމައެހެންމެ، ޖޭއެސްސީއަށް ޢައްޔަންކުރެވޭ މެންބަރަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައިވެސް ވެގެން ނުވާނެކަމަށްަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެެއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ޝަރުޠު ހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި ކުރިމަތިލުމުގެ ފުރުސަތު އޮތްކަން ރައްޔިތުންގެ މަޖިލީހުން ފާހަގަކޮށްފައިވެއެވެ.
Advertisement
13 ޖޫން 2025