އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު ފުރިހަމަކޮށް ނިންމާލައިފި

ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު ފުރިހަމަކޮށް ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

މ. ކޮޅުފުށީގައި ކުރިއަށް ގެންދިޔަ 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރިހަމަކޮށް ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަކުރައްވައިފިއެވެ.

މި މަޝްރޫޢަކީ 121،612،127.97 ރުފިޔާގެ ބަޖެޓެއްގައި ކުރިއަށް ގެންދެވުނު މަޝްރޫޢެކެވެ. މިނިސްޓްރީއިން އިތުރަށް ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތުގެ 100 އިންސައްތަ ނިމި، ރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭ ފެންވަރަށް ވަނީ މިހާރު ތައްޔާރުވެފައެވެ.

މި މަޝްރޫޢުގެ ދަށުން އެޅުނު 100 ހައުސިން ޔުނިޓަކީ ރަށުގެ ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމުގައި މިނިސްޓްރީއިން އުންމީދުކުރެއެވެ.

މީގެ އިތުރުން މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވެސް މިނިސްޓްރީގެ ފަރާތުން ފާހަގަކުރެއްވިއެވެ.

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު