އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލިމާލޭ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް މަޝްރޫޢުގެ ތަފްސީލީ ޑިޒައިން މަރުޙަލާ ފެށުމަށް ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފި

ވިލިމާލޭ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް މަޝްރޫޢުގެ ތަފްސީލީ ޑިޒައިން މަރުޙަލާ ފެށުމަށް ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ ތަފްސީލީ ޑިޒައިން މަރުޙަލާ ފެށުމުގެ ގޮތުން ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރެވިއްޖެއެވެ.

މި މުހިންމު ލިޔުމުގައި ސޮއިކުރެއްވީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި، ދިވެހިރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އެކްސެލެންސީ މިސްޓަރ ކޮންގ ޝިއަންހުއާއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު މިހާއްސަ ރަސްމިއްޔާތުގައި ޞިއްޙަތާއި ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމްގެ އިތުރުން، ސަރުކާރުގެ އިސް ބޭފުޅުންނާއި ޗައިނާ އެމްބަސީގެ އިސް ފަރާތްތައް ބައިވެރިވެ ވަޑައިގެންނެވިއެވެ. 112 އެނދުގެ ޖާގައިގެ މި ހޮސްޕިޓަލުގެ ފީޒިބިލިޓީ ދިރާސާ ވަނީ މިހާރު ނިމިފައެވެ. އަދި މިބޭއްވުނު ހަފްލާއަކީ މި މަޝްރޫޢުގެ ތަފްސީލީ ޑިޒައިން މަރުޙަލާ ރަސްމީކޮށް ފެށުން އިޢުލާންކުރުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތެކެވެ. 

މި ހޮސްޕިޓަލަކީ ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގާތް ގުޅުން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއްކަމަށާއި މިގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި މި ހޮސްޕިޓަލް ނިމުމުން، ވިލިމާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޒަމާނީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ގިނަ ވަޒީފާގެ ފުރުޞަތުތަކެއް އުފެދިގެންދާނެ ކަމަށްވެސް އުންމީދު ކުރެވެއެވެ. އަދި މި ހޮސްޕިޓަލް ނިމުމުން މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް ކުރިމަތިވެފައިވާ ތޮއްޖެހުމަށްވެސް ލުޔެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު