އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްފި

"ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ސަރުކާރުގެ "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން ރާއްޖޭގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ކްލާސްރޫމްތަކަށް ބޭނުންވާ އޭސީ ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ފެނަކާއި ޙަވާލުކޮށްފައި މިވަނީ ގާތްގަނޑަކަށް 55 މިލިޔަން ރުފިޔާއަށް ކަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.

ސަރުކާރު ސްކޫލްތަކުގެ ކްލާސްރޫމްތައް ފިނިކުރުމަށް ހިންގާ "ކޫލް ސްކޫލް" މަޝްރޫޢު ފަށާފައިވަނީ 2022 ވަނަ އަހަރުއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 3704 ކްލާސްރޫމް އޭސީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި މަޝްރޫޢާ ގުޅޭ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މިއަހަރު ސެޕްޓެމްބަރު މަހަށް ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށެވެ. އަދި މި މަޝްރޫޢު 2 އަހަރު ދުވަހުން ނިމިގެންދާއިރު ކުލާސް ރޫމްތަކުގައި އޭސީ ހަރުކުރުމުގެ އިތުރުން ސްކޫލްތަކުގެ ހޯލްތައްވެސް ފިނިކުރުމުގެ މަސައްކަތް ނިމިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވަރަށް ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ އެދުމަކީ ވީހާވެސް އަވަހަށް މި ޕްރޮޖެކްޓް ނިންމާލުމެވެ. ސަރުކާރުން އެންމެ ފުރަތަމަ ސްކޯޕް އެކުލަވާލީ ދެ އަހަރު ދުވަހު ތެރޭގައި ނިންމާލުމަށެވެ. ނަމަވެސް މިހާރު އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ ސެޕްޓެންބަރު ނިމެންވާއިރަށް ސްކޫލްތަކަށް އޭސީ ފޮނުވާ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

މި މަޝްރޫޢު ނިމުމުން ރާއްޖޭގެ ސަރުކާރު ސްކޫލްތަކުގެ ކިޔަވައިދޭ މާޙައުލު އިތުރަށް ރަނގަޅުވެ، ދަރިވަރުންނަށް ފިނި މާޙައުލެއްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު