އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޭ މަހު މީރާއިން ބަލައިގަތް އާމްދަނީ 30.5 އިންސައްތަ އިތުރުވެ 2.18 ބިލިއަނަށް!

މޭ މަހު މީރާއިން ބަލައިގަތް އާމްދަނީ 30.5 އިންސައްތަ އިތުރުވެ 2.18 ބިލިއަނަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

މޭ 2025 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.18 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %30.5 އިތުރު އަދަދެކެވެ. އަދި، މޭ 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %7.3 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، މޭ 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، މޭ 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މިއީ، މާރިޗު 2024 އާ އަޅައިބަލާއިރު މާރިޗު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ %4.8 އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ. މީގެ އިތުރުން، 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމާ ގުޅިގެން، މޭ 2025 ގެ އާމްދަނީ މޭ 2024 ގެ އާމްދަނީއަށްވުރެ ވަނީ އިތުރުވެފައެވެ.  

މޭ 2025 އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ %7.3 އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ، ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާއަށްވުރެ އިތުރުވުމާއެކު، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ބަލައިގަތް އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، މޭ މަހުގެ ތެރޭގައި، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރާ ބިންތަކުގެ ކޮންސްޓަރަކްޝަން މުއްދަތު އިތުރުކުރުމަށްޓަކައި ބައެއް ޓެކްސް ދައްކާ ފަރާތްތަކުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީ ދައްކާފައިވާތީ، އަންދާޒާކުރި ޖުމުލަ އާމްދަނީއަށްވުރެ ބަލައިގަތް އާމްދަނީ ވަނީ އިތުރުވެފައެވެ. މި ފީއަކީ ޓެކްސް ދައްކާ ފަރާތްތަކުން ކޮންސްޓަރަކްޝަންކުރުމުގެ މުއްދަތު އިތުރުކުރުމަށް ދައްކާ ފީއަކަށް ވާތީ، މި ފީ އަކީ އަންދާޒާކުރާ އާމްދަނީއަކަށް ނުވެފައި، މި ފީ ބަލައިގަނެފައިވާތީ، ބަލައިގަތް އާމްދަނީވަނީ އިތުރުވެފައެވެ.  

މޭ 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %62.5 ނުވަތަ 1.36 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ %9.4 ނުވަތަ 204.9 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 167.5 މިލިއަން ރުފިޔާ (%7.7)، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 165.1 މިލިއަން ރުފިޔާ (%7.6)، އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 133.3 މިލިއަން ރުފިޔާ (6.1%) އަދި ވާރކް ޕަރމިޓް ފީ ގެ ގޮތުގައި 63.9 މިލިއަން ރުފިޔާ (%2.9) ބަލައިގަނެފައިވެއެވެ. މޭ 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 104.74 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު