އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަލާމް ގޮވުމުން ޖަވާބު ނުދޭ މީހުންނަށްވެސް ސަލާމް ގޮވަންޖެހޭނެތޯ؟

ސަލާމް ގޮވުމުން ޖަވާބު ނުދޭ މީހުންނަށްވެސް ސަލާމް ގޮވަންޖެހޭނެތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

ސަލާމް ގޮވުމުން ޖަވާބު ނުދޭ މީހުންނަށްވެސް ސަލާމް ގޮވަންޖެހޭނެތޯ؟

ޖަވާބަކީ ތިބާއަށް އޮތީ ސަލާމް ގޮވުމެވެ. ބަލައިގަތުމާއި ޖަވާބު ދިނުމަކީ އެމީހެއްގެ ކަމެކެވެ. ސަލާމް ގޮވީމާ ތިބާއަށް ދެއްވަވަންހުރި ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!

މީސްތަކުންގެ މެދުގައި ސަލާމްކުރުން ނެތިގެންދާތީ އެމަތިވެރި އަޅުކަން ދިރުވައި އާލާކުރުމުގެ ގޮތުން މިއަދުނޫހުގައި ލިޔަމުން މިގެންދާ ލިޔުންތަކަށް އަނެއްކާވެސް މި އިތުރުކޮށްލަނީ އިތުރު ބޮޅެކެވެ. އިން ޝާ ﷲ

މިހާރަކަށް އައިސް ސަލާމްކުރުމާއި މީސްތަކުން މިވަނީ ވަރަށް ބޮޑަށް ދުރުހެލިވެފައެވެ. އެހެންކަމުން ޢާއިލާތަކުގެ ގުޅުންތައްވެސް މިދަނީ ކުޑަވަމުންނެވެ. އުންމަތުގެ ގުޅުންތައްވެސް މިދަނީ ނެތެމުނެނެވެ. ޢާއިލާގެ މެދުގައި ފިތުނަ އުފެދި ގުޅުންތައް ކެނޑިގެންދާ އެންމެ ބޮޑު އެއް ސަބަބަކީވެސް ސަލާމްކުރުން ނެތުމެވެ. އުންމަތުގައި އޮންނަންޖެހޭ އެކުވެރިކަމާއި އަޚްވަންތަކަންވެސް ގެއްލެމުން މިދަނީ ސަލާމްކުރުމާއި ދުރުހެލިވެވޭތީއެވެ.

ބައެއް ޤައުމުތަކަށް މިކުރާ ދަތުރުތަކުގައި މުސްލިމުން ގިނައިން ސަލާމްކުރަނީ އަހަރެންނަކީ ކާކުކަން އެނގުމުންނެވެ. އަހަރެންނަކީ ކާކުކަން އެނގުމުން ވަރަށް ލޯބިވެއެވެ. ހިތްހެޔޮކަމާއިއެކު އައިސް ސަލާމްކުރަން ބޭނުންވެއެވެ. އެކުގައި ސެލްފީ ނަގަންވެސް ބޭނުންވެއެވެ.

ނމަވެސް މިއީ އެކަން އޮންނަންވީ ގޮތެއް ނޫނެވެ. މުސްލިމުން އެކަކު އަނެކަކަށް ސަލާމްކުރަންވީ އެއީ ކާކުކަން އެނގުމަކުންނޫނެވެ. މުސްލިމަކަށްވީތީއެވެ. މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާ ހިނދު ސަލާމް ކުރުމަކީ މަތިވެރި ސުންނަތެކެވެ. ރަސޫލް އެކަމެއްކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވަވާފައިވާ ކަމެކެވެ. ވީމާ އާއިލީ ގުޅުން ބަދަހިކުރަންވެސް ސަލާންކުރުން ގިނަކުރާށެވެ. ދެމަފިރިން ވެސް އެކަކު އަނެކަކަށް ސަލާމްކުރުން ގނަކުރާށެވެ. ގޭތެރެއިން ބައްދަލުވާ ކޮންމެފަހަރަކު ސަލާމް ނުކުރިނަމަވެސް ހިނިތުންވެލަންވާނެއެވެ. އަދި ބޭރުން އައިސް ގެއަށް ވަންނަނަމަ ސަލާމްކުރަންވާނެއެވެ. ސުންނަތުގައި އޮތީ އެގޮތެވެ. ސުންނަތަށް ޢަމަލުކުރުމުން ދެމަފިރިންގެ މެދުގައި ލޯބި އިތުރުވެ ގުޅުންތައް ބަދަހިވެގެންދާނެއެވެ! --މުފްތީ މެންކްގެ ދަރުސަކުން

ސަލާމް ކުރުމުގެ އަދަބުތައް

• "އައްސަލާމް" އަކީ ﷲ ތަޢާލާގެ މަތިވެރި އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެއް، މި ބަރަކާތްތެރި އިސްމުފުޅުން ސަލާމް ގޮވާ ސަލާމް ފެތުރުމަށް ދީނުގައި ބާރު އަޅުއްވާފައިވޭ.

• މުސްލިމުންގެ ސަލާމަކީ މަލާއިކަތުންގެވެސް ސަލާމް، އަދި އެއީ ސުވަރުގޭގެ އަހުލުވެރީންގެވެސް ސަލާމް.

• ސަލާމަކީ އާދަމުގެފާނުގެ ޒަމާނުން ފެށިގެން މަންސޫޚް ވުމެއްނެތި ދެމިގެން އައިސްފައިވާ އަޅުކަމެއް.

• ސަލާމް ގޮވުމަކީ ޘަވާބާއި، ދަރުމަ ލިބޭނެ މާތް އަޅުކަމެއް.

ސަލާމް ގޮވުމަކީ ޢަދާވާތްތެރިކަން ނެތި ލޯތްބާއި، އުލްފަތު މުޖުތަމަޢުގައި ޢާންމުވާނެ ކަމެއް.

ސަލާމް ގޮވުމާއި، ސަލާމަށް ޖަވާބުދިނުމަކީ އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ޙައްޤެކެވެ.

• އިސްވެ ސަލާމް ގޮވުމަކީ މުސްތަޙައްބު ސުންނަތެއް، އިސްވެ ސަލާމް ގޮވާމީހާގެ ދަރަޖަ އަނެކާއަށްވުރެ މަތިވެރިވެގެންވޭ.

• ސަލާމަށް ޖަވާބުދިނުމަކީ ވާޖިބެއް، ސަލާމް ކުރެވުނު މީހާ ސަލާމަށް ޖަވާބު ނުދީފިނަމަ މަލާއިކަތުން އެސަލާމަށް ޖަވާބު ދެއްވާނެ.

• ސަލާމް ގޮވުމާއި ސަލާމް ބަލައިގަތުމުގައި ސުންނަތުގައި ވާރިދުވެފައިވާ ސީޣާތަކަށް ރައްކާތެރިވުން.

• "السّلامُ عَلَيْكُمْ" ކިޔުމުން 10 ޘަވާބު، "السّلامُ عَلَيْكُمْ وَرَحْمَةُاللهِ" ކިޔުމުން 20 ޘަވާބު، "السّلامُ عَلَيْكُمْ وَرَحْمَةُاللهِ وَبَرَكَاتُهُ"ކިޔުމުން 30 ޘަވާބު ލިބޭނެ.

--ޝައިޚް އަޙްމަދު ރިމާޒް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް