އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: ވުޟޫކުރާއިރު ފެންޖައްސަންޖެހޭ ގުނަވަނެއްގައި ފެންޖެހުމަށް ހުރަސްއެލޭނެ ގޮތަށް ބޭހެއްއަޅާފައިވާނަމަ ޢަމަލުކުރަންވީ ގޮތް-

ހަނދުމަކޮށްދިނުމެއް!: ވުޟޫކުރާއިރު ފެންޖައްސަންޖެހޭ ގުނަވަނެއްގައި ފެންޖެހުމަށް ހުރަސްއެލޭނެ ގޮތަށް ބޭހެއްއަޅާފައިވާނަމަ ޢަމަލުކުރަންވީ ގޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު

ވުޟޫގެ ގުނަވަން ކިޔަނީ ވުޟޫކުރާއިއރު ފެންޖައްސަންޖެހޭ ގުނަވަންތަކަށެވެ. އެއިން ގުނަވަނެއްގައި ފެންޖެހުން މަނާ ކުރުވަނިވި ބޭހެއް އަޅާފައިވާނަމަ ބޭސްގަނޑު މަތިން ފެންފޮހުން ހުއްޓެވެ. އެގޮތުން ފާރުގަނޑަށް ނުވަތަ ބޭސްގަނޑަށް ގެއްލުމެއް ވެދާނެ ކަމަށް ފެންނަ ކަމަށް ވަނީނަމަ ބޭސްގަނޑު މަތީގައި ޕްލާސްޓިކް ކޮތަޅުކޮޅެއް ނުވަތަ އެފަދަ އެހެން އެއްޗެއް އެޅުމަށްފަހުގައި އޭގެ މަތީ ފެން ފޮހެލުމުން ފުދޭނެއެވެ. والله أعلم 

އިތުރު 4 ސުވާލާ ޖަވާބު:  

ބާވެގެންގޮސް ގިނަޒަމާންވެ ހަލާކުވެފައި އޮތް ހަތީމެއް ނައްތާލަން ވެއްޖެޔާއި ހަދާނީ ކިހިނެއްތޯ؟ 

ޚަތިމް ނައްތާލުމަށް ހަދަންޖެހޭނެ ގޮތަކީ އަންދާލުމެވެ. والله أعلم 

ފަރުޟު އަދި ވާޖިބު، މިދެކަންތަކުގައި އެއްވެސް ތަފާތެއް ވޭތޯއެވެ. ތަފާތެއް ވާނަމަ އެތަފާތަކީ ކޮބައިތޯއެވެ؟

ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި ފަރްޟާއި ވާޖިބަކީ އެކައްޗެކެވެ. ތަފާތެއް ނެތެވެ. ނަމަވެސް ޙަނަފީ މަޛްހަބުގައި ފަރްޟަކީ ގަޠްޢީ ދަލީލަކުން ޘާބިތުވާން ހުރި ކަންތަކެވެ. ވާޖިބަކީ ޡައްނީ ދަލީލަކުން ޘާބިތުވާ ކަންތަކެވެ.والله أعلم 

ޖުނުބުވެރި ޙާލުގައި ދުވާލުގެ ގިނަވަގުތު ހޭދަކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ 

ޖުނުބުވެރި ޙާލުގައި ދުވާލުގެވެސް އަދި ރޭގަޑުގެވެސް ގިނަވަގުތު ހޭދަކުރުމަކީ މައްސަލައެއް ނޫނެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ-ގެ އަރިހުގައި ޖުނުބުވެރިޔާގެ ވާހަކަ ޛިކްރު ކުރެވުމުން ޙަދީޘް ކުރައްވަނީ މިފަދައިންނެވެ. (المؤمن لا ينجس) މާނައަކީ: "މުއިމިނުންނަކީ ނަޖިސްވާނެ ބަޔެއް ނޫނެވެ". އެހެންކަމުން ނަމާދުވަގުތަކަށް ހުރަސްނޭޅޭނަމަ ހިނައިގަތުން ލަސްކުރުމަކީ މައްސަލަ އެއް ނޫނެވެ. ނަމަވެސް، ޖުނުބުވެރިޔާ ކައިބޮއި ހަދަންވާނީ ކުޑަމިނުން ވުޟޫކޮށްގެންނެވެ.والله أعلم 

ރިސޯޓް ވަޒީފާ އަދާކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ މިހެން މިދެންނެވީ ރިސޯޓް ވަޒީފާތަކުގެ ގޮތުގައި ރާ ވިއްކުމާއި، ޒިނޭ ކުރާ މީހުންނަށް އެނދު ދާންމަތި ތައްޔާރުކުރުންފަދަ ކަންތައްތައް ހިމެނޭތީއެވެ. އަދި އެތަންތަނަށް ޚިދުމަތް ހޯދުމަށް އަންނަ މީހުންނަކީ އައުރަ ނިވާކޮށްގެން އުޅޭ ބަޔަކަށް ނުވާތީއެވެ. 

ރިސޯޓުގައި ތަފާތު ވަޒީފާތައް ހުރެއެވެ. އެހެންކަމުން ޙަރާމްކުރެއްވި ކަމަކަށް މަގުފަހިވާ ފަދަ ކަމެއް ނޫން އެހެން މަސައްކަތެއް ކޮށްގެން ފައިސާ ހޯދުމަކީ ހުއްދަކަމެކެވެ. والله أعلم

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު