އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު
ބައެއް އަންހެނުން ކައިވެނީގެ ކުރިން ލޯބިވެރިޔާއަށް ދައްކަނީ ސިރިޔަސްކަމެވެ. މިބުނަނީ ސީރިޔަސްކޮށް މުޢާމަލާތުކުރާ ވާހަކައެވެ. ނަމަވެސް ކައިވެންޏަށްފަހު ފިރިމީހާއާއިއެކު ހޭދަކުރާ ވަޤުތުތަކުގައި ކުޑަކުއްޖަކު އުޅޭގޮތަށްވެސް އުޅެއެވެ. އެހެންވެ ބައެއް ފިރިންގެ ހިތުގައި ސުވާލު އުފެދެއެވެ. "އަހުރެންގެ އަނބިމީހާގެ ސިކުނޑި ނުވަތަ ވިސްނުން ފުރިހަމަބާވައެވެ!"
ބުނަން ހެއްޔެވެ؟ އެކަން އެގޮތަށް މެދުވެރިވަނީ އެއްވެސް ޙާލެއްގައި އޭނާގެ ވިސްނުމުގައި ހުންނަ އުނިކަމަކުން ނޫނެވެ. ވިސްނުން ތޫނުކަމުންނެވެ. ފުރަތަމަ ކަމަކަށް ކައިވެނީގެ ކުރިން ސީރިޔަސްކަން އެދެއްކީ ކައިެނިކުރެވެންދެން ގައިގައި ނުބީހި ރިވެތިގޮތުގައި ހުރުމަށެވެ.
ކައިވްންޏަށްފަހު ކުޑަކުއްޖަކު ފަދައިން އެއުޅެނީ ފިރިމީހާގެ ކިބައިން ހިތްހަމަޖެހުން ލިބޭތީއެވެ. އިތުރަށް ސަމާލުކަން ހޯދުމުގެ ބޭނުމުގައެވެ. އަދި އެހެން މީހަކާއި ސަމާސަވެސް ކުރަން ބޭނުން ނުވާތީއެވެ. އެފަދަ އަންހެނުން ދެކޭނީ އޭނާގެ ހުރި ހަމައެކަނި މީހަކީ ފިރިމީހާ ކަމަށެވެ.
އެފަދަ އަންތބަކު ލިބިއްޖެނަމަ އުފާކުރާށެވެ! އެކުގައި ގިނަ ވަޤުތު ހޭދަކުރާށެވެ! އޭނާ އުފާކޮށްދޭށެވެ! އެއިރުން ތިބާގެ ހިތް އުފާތަކުން ފުރާލައިދޭނެއެވެ. ތިބާއާއި ވަކިވެގެން ދުވަހަކުވެސް ނުދާނެއެވެ. އެއިރުން ތިބާއަށްވުރެ އުފަލުގައި ހުރެވޭނެ ފިރިއަކު ނުހުންނާނެއެވެ.
ހިތާމައަކީ ބައެއް ފިރިންނަށް މިހަޤީޤަތްތައް ނުވިސްނޭކަމެވެ. ޤަބޫލުނުކުރެވޭ ކަމެވެ. ތިމާއާއި ދުވަހަކުވެސް ވަކިނުވެ ލޯބިދޭނެ ހެޔޮލަފާ އަންތބަކު ލިބުމުން އެކަމުގެ ވަޒަންނުކުރެވޭ ކަމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން
Advertisement
16 ޖޫން 2025