އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރު ނުވަތަ ހޮނިހިރު ދުވަހު ރޯދަހިފުމާއިމެދު އެނގެންޖެހޭ ކަންކަން-

ހުކުރު ނުވަތަ ހޮނިހިރު ދުވަހު ރޯދަހިފުމާއިމެދު އެނގެންޖެހޭ ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 11 ސިކުންތު

ޤަޟާކުރަންޖެހޭ ރޯދަ ހަފްތާ ބަންދު 2 ދުވަސްކަމަށްވާ ހުކުރު ދުވަހާއި ހޮނިހިރު ދުވަހާއި ދެދުވަހުންކުރެ އެއް ދުވަހު ރޯދަހިފުމާއި ބެހޭގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމުގެ ޙުކުމް އޮތް ގޮތެވެ.  

ހުކުރު ދުވަހު ރޯދަ ހިފުން: 

ރަމަޟާން މަހު ގެއްލިފައިވާ ރޯދަ ގަޟާ ކުރިނަމަވެސް، ސުންނަތް ރޯދަ އެއް ހިފިނަމަވެސް ހުކުރު ދުވަހު ރޯދަ ހިފާނަމަ ނުވަތަ ހޮނިހިރު ދުވަހު ރޯދަ ހިފާނަމަ އޭގެ ކުރިން ދުވަހެއް ނުވަތަ ފަހުން ދުވަހެއްގައި ރޯދަ ހިފަންވާނެއެވެ.  

ހޮނިހިރު ދުވަހު ރޯދަ ހިފުން:  

ހޮނިހިރުދުވަސް އެކަހެރިކޮށް ރޯދަ ހިފުމަކީ މަކްރޫހަ ކަމެކެވެ. ޢަބްދުﷲ ބިންބުސްރި އެކަލޭގެފާނުގެ ދައްތާފުޅުގެ ފަރާތްޕުޅުން ރިވާ ކުރެއްވިޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(لاتَصُومُوايَوْمَالسَّبْتِإِلافِيمَاافْتَرَضَاللَّهُعَلَيْكُمْ،فَإِنْلَمْيَجِدْأَحَدُكُمْإِلالِحَاءَعِنَبَةٍ ، أَوْعُودَشَجَرَةٍفَلْيَمْضُغْهُ)رواهأبوداودوالترمذيوابنماجة، 

މާނައަކީ: "ﷲ ތިޔަބައިމީހުންގެ މައްޗަށް ފަރްޟު ކުރެއްވި ރޯދަ އެއް މެނުވީހޮނިހިރު ދުވަހު ނުހިފާ ހުށި ކަމެވެ. ތިޔަބައިމީހުން ކުރެ މީހަކަށް ކަދުރުއޮށެއްގެ ތޮށިގަނޑެއް ނުވަތަ ގަހެއްގެ އޮފިކޮޅެއް ލިބުނު ނަމަވެސްއެދުވަހުގައި ހަފާލާ ހުށިކަމެވެ." ޔަޢްނީ ކާނެ އެއްޗެއްގެ ގޮތުގައި ކަދުރުއޮށެއްގެ ތޮށިކޮޅެއް ނުވަތަ ގަހެއްގެ އޮފިކޮޅެއް ނުން އެއްޗެއް ނުލިބުނުމީހާ، އެތަކެތި ކައިގެން ނަމަވެސް، ހޮނިހިރު ދުވަހު ރޯދަ ނުހިފާ ހުށިކަމެވެ.

މިޙަދީޘްގެ ޝަރަޙާގައި -އިބްނު ގުދާމާ ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ތިމަންމެންގެ އަޞްޙާބުން (ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން) ވިދާޅުވެފައިވެއެވެ. "ހޮނިހިރު ދުވަހު ރޯދަ ހިފުން މަކްރޫހަ ވެގެންވަނީނުވަތަ މަނާވެގެން ވަނީ އެދުވަހު އެކަހެރިކޮށް ރޯދަ ހިފުމެވެ. ހޮނިހިރުދުވަހާއި އެކު އެހެން ދުވަހެއްގައި ރޯދަ ހިފައިފިނަމަ، ނުވަތަ މީހަކުޢާދަވެގެން ހިފަމުން އަންނަ ރޯދަ އެއް ހޮނިހިރު ދުވަހަކާ ދިމާވެއްޖެނަމަ- ހޮނިހިރު ދުވަހު ރޯދަ ހިފިނަމަވެސް މައްސަލަ އެއް ނެތެވެ." (އަލްމުޣްނީ3/52).

މާތްރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.  

(لايَصُومَنَّأَحَدُكُمْيَوْمَالْجُمُعَةِإِلايَوْمًاقَبْلَهُأَوْبَعْدَه) رواهالبخاريومسلم،

މާނައަކީ: "ކުރިން ދުވަހެއްނުވަތަ ފަހުން ދުވަހެއްގައި ރޯދަ ނުހިފާނަމަ ހުކުރު ދުވަހު ރޯދަ ނުހިފާހުށިކަމެވެ."

عَنْجُوَيْرِيَةَبِنْتِالْحَارِثِرَضِيَاللَّهُعَنْهَاأَنَّالنَّبِيَّصَلَّىاللَّهُعَلَيْهِوَسَلَّمَدَخَلَعَلَيْهَايَوْمَالْجُمُعَةِوَهِيَصَائِمَةٌ،فَقَالَ : ( أَصُمْتِأَمْسِ؟قَالَتْ : لا . قَالَ : تُرِيدِينَأَنْتَصُومِيغَدًا؟قَالَتْ : لا . قَالَ : فَأَفْطِرِي ) رواهالبخاري، 

މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޖުވައިރިއްޔާ ބިންތިލްޙާރިޘްގެ ކިބައިން ރިވާވެގެން ވެއެވެ. ހުކުރު ދުވަހެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާގެ އަރިހަށް ވަޑައިގެންނެވި ހިނދުއެކަމަނާ ރޯދަ އަށް ހުންނެވިކަން އެނގި ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އިއްޔެގައި ރޯދަ ހިފިންތޯއެވެ؟" އެކަމަނާ ވިދާޅުވިއެވެ. "ނޫނެކެވެ ".  ޙަދީޘް ކުރެއްވިއެވެ. މާދަން ރޯދައަށް ހުންނާންހެއްޔެވެ؟  އެކަމަނާވިދާޅުވިއެވެ. "ނޫނެކެވެ" ޙަދީޘްކުރެއްވިއެވެ. "އެހެންވިއްޔާ ރޯދަވިއްލާހުށިކަމެވެ."
އިސްވެދިޔަ ދެޙަދީޘުން ދޭހަވަނީ ހުކުރު ދުވަހު ރޯދަ ހިފައިފިނަމަ، ހޮނިހިރު ދުވަހު ރޯދަ ހިފިދާނެ ކަމެވެ.

ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. 

(أَحَبُّالصِّيَامِإِلَىاللَّهِصِيَامُدَاوُدَكانَيَصُومُيَوْمًاوَيُفْطِرُيَوْمًا) رواهالشيخان، 

މާނައަކީ: "މާތް ﷲ ގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ ދާވޫދު ޢަލައިހިއްސަލާމްގެ ރޯދައެވެ. އެކަލޭގެފާނު ދެދުވަހުން އެއްދުވަހުރޯދަ ހިއްޕަވައެވެ." ދެދުވަހުން އެއްދުވަހު ރޯދަ ހިފާނަމަ، ހޮނިހިރު ދުވަހުއެކަހެރިކޮށް ރޯދަ ހިފޭނެއެވެ. މިއިން ދޭހަވަނީ ޢާދަވެގެން މީހަކު ރޯދަހިފަމުން އަންނަ ދުވަސްތަކުގެ ތެރެއިން ދުވަހެއް ހޮނިހިރަކާ ދިމާވެއްޖެނަމަ، މިޘާލަކަށް ޢަރަފާތް ދުވަސް، ނުވަތަ ޢާޝޫރާ ދުވަސް ފަދަދުވަހެއް ހޮނިހިރަކާ ދިމާވެއްޖެނަމަ އެދުވަހެއްގައި ރޯދަ ހިފިދާނެއެވެ.

އަލްޙާފިޡްއިބްނު ޙަޖަރް އެކަލޭގެފާނުގެ ފަތްޙުލް ބާރީ އޭ ކިޔުނު ފޮތުގައިލިޔުއްވާފައިވެއެވެ. "ވަކި ދުވަހެއްގައި ރޯދަ ހިފަމުން އަންނަ މީހަކުހުކުރު ދުވަހަކާ ދިމާވެއްޖެނަމަ، ހުކުރު ދުވަހު އެކަހެރިކޮށް ރޯދަ ހިފުމަށްއޮންނަ ނަހީން އިސްތިޘްނާ ވާނެއެވެ. މިޘާލަކަށް ޢަރަފާތް ދުވަސް ހުކުރުދުވަހަކަށް ދިމާވުން، ނުވަތަ ޢަރަފާތް ދުވަސް ހޮނިހިރު ދުވަހަކާ ދިމާވުންހިމެނެއެވެ."

ފަޟީލަތުއް ޝައިޚް އިބްނު ޢުޘައިމީން- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.

"
ދަންނައެވެ. ހޮނިހިރު ދުވަހުގައި ރޯދަ ހިފުމުގެ ޙާލަތްތަކެއް ވެއެވެ.

ފުރަތަމަޙާލަތް: ފަރްޟު ރޯދަ އަކާ ދިމާވުން، މިޘާލަކަށް، ރަމަޟާން މަހުގެ ރޯދައެއް، ނުވަތަ ގަޟާ ރޯދަ އެއް، ނުވަތަ ކައްފާރާ ރޯދައެއް، ނުވަތަ މިނޫންވެސްމިފަދަ ޙާލަތްތައް މެދުވެރިވެގެން ހޮނިހިރު ދުވަހު ރޯދަ ހިފަންޖެހިއްޖެނަމަ އެދުވަހުގައި ރޯދަ ހިފިދާނެއެވެ.

ދެވަނަޙާލަތް: ހޮނިހިރުގެ ކުރިން އޮންނަ ހުކުރު ދުވަހުގައި ރޯދަ ހިފުން، މިޙާލަތުގައި ހޮނިހިރު ދުވަހު ރޯދަ ހިފިދާނެއެވެ. ދަލީލަކީ:

عَنْجُوَيْرِيَةَبِنْتِالْحَارِثِرَضِيَاللَّهُعَنْهَاأَنَّالنَّبِيَّصَلَّىاللَّهُعَلَيْهِوَسَلَّمَدَخَلَعَلَيْهَايَوْمَالْجُمُعَةِوَهِيَصَائِمَةٌ،فَقَالَ : ( أَصُمْتِأَمْسِ؟قَالَتْ : لا . قَالَ : تُرِيدِينَأَنْتَصُومِيغَدًا؟قَالَتْ : لا . قَالَ: فَأَفْطِرِي ) رواهالبخاري، 

މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޖުވައިރިއްޔާ ބިންތިލްޙާރިޘްގެ ކިބައިން ރިވާވެގެން ވެއެވެ. ހުކުރު ދުވަހެއްގައި ކީރިތި ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާގެ އަރިހަށް ވަޑައިގެންނެވި ހިނދުއެކަމަނާ ރޯދަ އަށް ހުންނެވި ކަން އެނގި ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އިއްޔެގައި ރޯދަ ހިފިންތޯއެވެ؟" އެކަމަނާ ވިދާޅުވިއެވެ. "ނޫނެވެކެވެ." ޙަދީޘް ކުރެއްވިއެވެ. "އެހެންވިއްޔާ ރޯދަ ވިއްލާހުށިކަމެވެ. މި ޙަދީޘުންދޭހަވަނީ ހުކުރު ދުވަހު ރޯދަ ހިފައިފިނަމަ ހޮނިހިރު ދުވަހުވެސް ރޯދަހިފިދާނެ ކަމެވެ.

ތިންވަނަޙާލަތް: ޢަރަފާތް ދުވަސް، ހަނދުމަގުގެ 13،14،15 އާއި ދިމާވުން، ޢާޝޫރާދުވަސް، ޝައްވާލް މަހުގެ ހަރޯދަ، ޙައްޖު މަހުގެ ނުވަ ދުވަހުގެ ރޯދަ، ފަދަރޯދަ އަކާ ދިމާވުން، މިފަދަ ޙާލަތުގައި އޭނާ ރޯދަ ހިފީ ކޮންމެހެން ހޮނިހިރުދުވަހަށް ވެގެންނެއް ނޫނެވެ. އެހެންނަމަ މައްސަލަ އެއް ނެތެވެ.

ހަތަރުވާނަޙާލަތް: ދެދުވަހުން އެއްދުވަހު ރޯދަ ހިފާ މީހަކަށް ހޮނިހިރަކާ ދިމާވުން،އެހެންނަމަ ހޮނިހިރު ދުވަހު ރޯދަ ހިފުމަކީ މައްސަލަ އެއް ނޫނެވެ.

ފަސްވަނަޙާލަތް: ހޮނިހިރު ދުވަސް ޚާއްޞަކޮށްގެން ސުންނަތް ރޯދަ އެއް ހިފުން، މިއީހުއްދަ ކަމެއް ނޫނެވެ. ސަބަބަކީ ހޮނިހިރު ދުވަސް ޚާއްޞަކޮށްގެން ސުންނަތްރޯދަ ހިފުމަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާކުރައްވާފައިވާ ކަމެކެވެ. واللهأعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް