އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް މީހަކީ ތިބާއަށް ދެރައެއް ނުދޭނެ މީހަކުކަން ޔަޤީންކޮށްގެން އެއްވެސް މީހަކާ ގުޅުން ބާއްވައި އެންމެ މަތީދަރަޖައަށް އިތުބާރުކޮށްފިނަމަ ގާތީ ބޮޑުދެރައެއް ލިބުން!

އެއްވެސް މީހަކީ ތިބާއަށް ދެރައެއް ނުދޭނެ މީހަކުކަން ޔަޤީންކޮށްގެން އެއްވެސް މީހަކާ ގުޅުން ބާއްވައި އެންމެ މަތީދަރަޖައަށް އިތުބާރުކޮށްފިނަމަ ގާތީ ބޮޑުދެރައެއް ލިބުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

އެންމެންނަކީ އެއްގޮތް ބައެއް ނޫނެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ވީމާ ތިބާ އާއި ބައްދަލުވާ ގިނަ މީހުންނަކީ ތިބާއަށް އުފާވެރިކަންދޭނެ ބައެއް ނޫންކަން ޤަބޫލުކުރަންވާނެއެވެ. މާޔޫސްކުރުވާނެ، ރުޅިއަރުވާނެ، މަލާމާތާއި ފުރައްސާރަކުރާނެ މީހުންނާއި ދޮގުތައް ފަތުރާނެ މީހުން ވަރަށް ގިނަވާނެކަން ޤަބޫލުކުރާށެވެ!

މިއީ އެއްގޮތަކަށްވެސް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. މިފަދަ ކަންކަން މެދުވެރިކުރައްވަވަނީ ތިބާ އިމްތިޙާންކުރެއްވެވުމަށެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެފަދަ މީހަކާއި ބައްދަލުވި ނަމަވެސް، އެފަދަ ކަމެއް މީހަކު ކުރިނަމަވެސް ރައްދުނުދީ ކެތްތެރިވުމެވެ.

ބުއްދިވެރިންނަކީ އެފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ، އެފަދަ މީހެއްގެ ކިބައިން އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ އެކަމަކީ ލިބުނު ފިލާވަޅެއްކަމަށް ބަލައި ޢިބްރަތްޙާޞިލުކުރާ މީހުންނެވެ. ދުނިޔޭގައި ކުރިއަރައި ގޮސްފައިވާ ކާމިޔާބު މީހުންނަކީ މިބުނި ފަދައިން ޢިބްރަތް ޙާޞިލުކުރާ މީހުންނެވެ. އަދި އާޚިރަތްެސް ކާމިޔާބުކުރެވޭނީ މިމަގުން ޢަމަލުކޮށްގެންނެވެ.

ވީމާ ތިމާ ޢާއި ބައްދަލުވާ ކޮންމެ މީހަކީ ނުވަތަ ކޮންމެ އެކުވެރިއަކީ ތިބާ އުފާކޮށްދޭނެ މީހަކު ކަމުގައި ނުދެކޭށެވެ! އެއީ ނުވާނެ ކަމެކެވެ. ވީމާ ކޮންމެ މީހަކާއެކުވެސް ގުޅުން ބާއްވަންވާނީ އެމީހެއްގެ ކިބައިން ކުރިމަތިވެދާނެ މައްސަލަތަކަށް ބަލައި ވިސްނައިގެންނެވެ.

އަހުރެމެންނަށް ގިނައިން ކަންކަން ކުރެވެނީ މިކަންކަމަށް ވިސްނައިގެނެއް ނޫނެވެ. މީހަކާއި ބައްދަލުވުމުން، ނުވަތަ އެކީގައި އުޅޭއިރު ދައްކާ ވާހަކަތަކަށް އަބަދުވެސް އޮންނަނީ މާބޮޑަށް އިތުބާރުކުރެވިފައެވެ. އިތުބާރުކުރާށެވެ! ނަމަވެސް އެއިތުބާރު ކޮންމެ ވަގުތަކުވެސް ފުރޮޅާލަން ޖެހިދާނެކަމަށް ބަލައިގެންނެވެ.

އަނބިމީހާ ނުވަތަ ފިރިމީހާ ގެއްލެން ދިމާވާ އެއް ސަބަބަކީވެސް އެކުވެރިންނަށް މާބޮޑަށް އިތުބާރުކުރެވުމެވެ. އަދި އެހެން ބޮޑެތި ގެއްލުންތައްވެސް ލިބެން މެދުވެރިވާ އެއް ސަބަބަކީވެސް އަނެކާއަށް ކުރެވޭ އިތުބާރު މާބޮޑުވުމެވެ. ވީމާ ވިސްނައިގެން އިތުބާރުކުރަން އާދަކުރާށެވެ!

--އަލަފް / މިއަދުނޫހަށް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް