އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަކުރާރުކޮށް ފާފަކުރެވުނަސް މިގޮތަށް ކަންތައްކޮށް މިފަދައިން ދުޢާކުރާ މީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ތަކުރާރުކޮށް ފާފަކުރެވުނަސް މިގޮތަށް ކަންތައްކޮށް މިފަދައިން ދުޢާކުރާ މީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ކޮންމެ އިންސާނަކަށްވެސް ފާފަތައް ކުރެވޭނެ ކަމަށާއި ފާފަ ކުރެވުމަށްވުރެ ނުބައިކަންބޮޑީ ތައުބާނުވެވުމުންކަމަށް އަބަދުވެސް މިގެންދަނީ ބުނަމުންނެވެ. އެއީ އަހުރެންގެ ދުލުން ބުނިނަމަވެސް އަހުރެންގެ އަމިއްލަ ބަހެއް ނޫނެވެ. ކީރިތި ޤުރްއާނާއި ރަސޫލާ ގެ ސުންނަތުން އެކަންކަން އެނގެން އޮތްގޮތެވެ.  

ފާފައެއް ކުރެވޭއިރަށް ފުރަތަމަ ކަމަކަށްވެސް އަސްތަޣްފިރުﷲ ކިޔައި ތައުބާވާށެވެ! ކުރެވުނު ފާފަ އާއިމެދު ދެރަވެ ހިތާމަކުރާޙާލު ﷲ ތަޢާލާއަށް ބިރުވެތިވެ ފާފަފުއްސަވައިދެއްވެވުމަށް އަވަހަށް އެދި ދަންނަވާށެވެ. އެންމެ މޮޅު އިތުރުވެގެންވަނީ ވުޟޫކޮށްލައި ދެރަކްޢަތް ނަމާދެއް ކޮށްލައި އެނަމާދުގެ ސަޖިދައިގައާއި ނަމާދަށްފަހު ދެއަތް އުފުލައި ދުޢާކުރުމެވެ.  

ހަމައެކަނި ދުޢާއެއްވެސް ނޫނެވެ. މިފަދައިން މުޢާމަލާތުކޮށްލާށެވެ! އިން ޝާ ﷲ އެމީހެއްގެ ފާފަ ފުއްސަވައިދެއްވަވާނެތެވެ. އޮތީ ހަމަ އެންމެ ޝަރުތެކެވެ. އެއީ ހިތުގައި އިޚްލާޞްތެރިކަން ބޭއްވުމެވެ. އިޚްލާޞްތެރިހިތަކާއިގެން ކުރިމަތިލައި ދެންނެވުމެވެ.  

"ޔާ ﷲ! މިއަޅާއަށް ކުރެވޭ އެންމެހައި ކަންކަމާ، ކުރެވިފައިވާ ކަންކަމާއި ކުރެވޭނެ ކަންކަންވެސް އިނބަ ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ޔާ ﷲ! މިއަޅާއަށް އަނެއްކާވެސް ފާފައެއް ކުރެވިއްޖެއެވެ. ޔާ ﷲ އެއްވެސް ޙާލެއްގައި އެއީ މިއަޅާ އިނބަ ﷲ އަށް އުރެދެންވެގެނެއް ނޫންކަމާއި މިއަޅާއަކީވެސް އިންސާނަކަށްވީތީ ކުރެވުނު ފާފައެއްކަން އިނބަ ﷲ މޮޅަށް ދެނެވޮޑިގެންވަމުއެވެ. ޔާ ﷲ މިއަޅަށް ކުރެވުނު ފާފަ ފުއްސަވައިދެއްވަވާނދޭވެ! އިނބަ ﷲ ގެ ރަޙްމަތްފުޅުން މިއަޅާ މަޙްރޫމްނުކުރައްވަވާނދޭވެ!" އާމީން

 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު