އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ތަޢާލާގެ މަގުގަ ހެޔޮ ނަޞޭޙަތް ދިނުމުން ރުޅިއައިސް ނަފްރަތުކުރާނަމަ އެނަފްރަތުކުރެވެނީ ﷲ ތަޢާލާފގެ ދީނަށް! އެއީ މާބޮޑު ފާފައެއް!

ﷲ ތަޢާލާގެ މަގުގަ ހެޔޮ ނަޞޭޙަތް ދިނުމުން ރުޅިއައިސް ނަފްރަތުކުރާނަމަ އެނަފްރަތުކުރެވެނީ ﷲ ތަޢާލާފގެ ދީނަށް! އެއީ މާބޮޑު ފާފައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

އިސްލާމް ދީނުގެ ކަންކަމުގައި ހެޔޮނަޞޭޙަތްދިނުމުން އެމީހަކަށް ނަފްރަތުކޮށް އެއްޗެތިގޮވާ ބައަކު އުޅެއެވެ. އެގޮތަށް ކަންކަން ކުރުމުން ތިމާއަށް ނަފްރަތު އެކުރެވެނީ އެމީހާއަކަށް ނޫނެވެ. ﷲ ތަޢާލާގެ ދީނަށެވެ! ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އަހުރެންގެ ވިސްނުމުގައި މީހަކު ހެޔޮ ނަބޭޙަތެއް ދިނުމުން އެމީހަކަށް ނަފްރަތުގެ ބަސްބުނުމަކީ އެކުށް އިޞްލާޙް ނުކުރުމަށްވުރެވެސް މާބޮޑު ފާފައެކެވެ.

މިމިޘާލު ވަރަށް ގިނައިން ދައްކަމެވެ. އެއީ ހަމަ މިޘާލުގެ ފުރިހަމަކަމުންނެވެ. ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިއަކު ބުނެފައިވެއެވެ. "އަހަރެންނަށް އެންމެ ފައިދާހުރި ނަޞޭޙަތްދެނީ ކޯޗުންނެއް ނޫނެވެ! ދީނީ ޢިލްމުވެރިންނެވެ. އެހެނީ އެމީހުން އެ މަސައްކަތްކުރަނީ އަހަރެންނަށް އާޚިރަތް ހޯދައިދޭށެވެ! އަހަރެން މަރުވެގެން ކައްވަޅަށްދާންޖެހޭނީ ކްރިކެޓް ބޯޅައާއި ކުޅެން ގެންގުޅުނު ބެޓް ހިފައިގެނެއް ނޫނެވެ. އަހަރެންނަށް އުޅެވުނު ގޮތާއި ކުރެވުނު ޢަމަލުތައް ހިފައިގެންނެވެ."

ރަނގަޅަށް ވިސްނާށެވެ! ތިމާއަށް ފައިދާކުރާނެ ނަޞޭޙަތެއް ދިނުމަކީ އެއްވެސް މީހަކާއިމެދު ގޮތް ނިންމުމެއް ނޫނެވެ. އެމީހާ އެކުރާ މަސައްކަތަކީ ތިބާ ނަރަކައިން ސަލާމަތްކުރަން ކުރެވޭ މަސައްކަތެވެ!

ތިބާ އަޢުރަ ނިވާނުކޮށް މަގުމަތީގައި އުޅެނިކޮށް މީހަކު ތިބާގާތު ތިބާއަށް އެހުރެވޭ ގޮތް ބުނެދީ އަޢުރަ ނިވާކުރަން ބުނެފިނަމަ "ތިމާއާއިމެދު ގޮތް ނިންމަން ކަލެއަކީ ކާކު؟" ކަމަށް ބުނެ ފުރަގަސްދީ މަގުމަތީގައި ވައްތަރުނުޖައްސާށެވެ!

އެއިރުން ތިބާ އާއިމެދު ގޮތް އެނިންމަނީ އެހެން މީހަކު ނޫނެވެ! ތިބާއެވެ! ތިބާ ޖައްސާ ވައްތަރުތަކާއި ބުނާ ބަސްތަކެވެ! ތިބާކުރާ ހުރިހާ ކަމެއްވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ހަނދާނުގައި ހުންނަނަމަ އެފަދަ ކަންކަމެއް ނުކުރާނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީހަކު ހެޔޮ ނަޞޭޙަތެއް ދީފިނަމަ އެކަން ޤަބޫލުކުރާށެވެ! އެމީހަކުދެކެ ރުޅި އައުމުގެ ބަދަލުގައި އެމީހަކުދެކެ ލޯބިވާށެވެ! އެމީހާ އެ މަސައްކަތްކުރަނީ ތިބާއަށް ހެޔޮއެދިގެން ތިބާ ނަރަކައިން ސަލާމަތްކުރަން ކަމުގައިވާތީއެވެ!

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް