އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައްވަޅުގަ ހޭދަކުރަންޖެހޭނެ ދުވަސްތަކަށް ޣާފިލުވާ މީހަކަށް ގާތީ ނަރަކައިގަ އޮންނަން ޖެހުން!

ކައްވަޅުގަ ހޭދަކުރަންޖެހޭނެ ދުވަސްތަކަށް ޣާފިލުވާ މީހަކަށް ގާތީ ނަރަކައިގަ އޮންނަން ޖެހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 52 ސިކުންތު

ގިނަގިނައިން މަރުހަނދާންކުރާށެވެ! ކައްވަޅުގައި ހޭދަކުރަންޖެހޭނެ ޙަޔާތަށް ވިސްނައި ތެދުވެރިވާށެވެ! ކައްވަޅުގެ ޙަޔާތަކީވެސް ގަދަފަދަ ޢަޛާބް ދެއްވަވާކަން ހަނދާންކުރާށެވެ! ޤިޔާމަތް ދުވަހާއި ހަމައަށްވެސް އެ ގަދަފަދަ ޢަޛާބްގައި އޮންނަންޖެހިދާނެ ކަމަށްޓަކައި ބިރުވެތިވާށެވެ!  

ކޮންމެ އިންސާނެއްގެ ޙަޔާތުގައިވެސް ތަފާތު 4 މަރުޙަލާއެއްވެއެވެ. އެއިގެ ތެރެއިން އިންސާނާއަށް އޭނާގެ އަމިއްލަ ޙަޔާތުގައި އެއްވެސް މިންވަރަކަށް ބާރެއް ، އިޚްތިޔާރެއް ލިބިގެންވަނީ އެންމެ މަރުޙަލާއެއްގައެވެ. އެއީ ދުނިޔޭގައި އޭނާ ދިރިއުޅޭ ޙަޔާތެވެ. ދުނިޔޭގައި އުޅެން ލިބޭ މަދު ދުވަސްކޮޅު ﷲ ތަޢާލާ ވަނީ ކޮންމެ އިންސާނަކަށްވެސް އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެމީހާއަސް ދެއްވެވި އިޚްތިޔާރުތަކުގެ ބޭނުން ހިފިގޮތާއިމެދު ޤިޔާމަތް ދުވަހު ޙިސާބު ބައްލަވައި ޖަޒާ ދެއްވަވާނެތެވެ.  

އިންސާނާގެ ޙަޔާތުގެ ހަތަރު މަރުޙަލާ:  

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. 

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިންސާނާއަށް ހަތަރު މަރުޙަލާއެއްވެއެވެ. 

ފުރަތަމަ މަރުޙަލާއަކީ އިންސާނާ އޭނާގެ މައިމީހާ ބަނޑުގައި އޮންނަ މަރުޙަލާއެވެ. ދެވަނަ މަރުޙަލާއަކީ އިންސާނާ ދުނިޔޭގައި ވޭތުކުރާ މަރުޙަލާއެވެ. ތިންވަނަ މަރުޙަލާއަކީ ބަރުޒަޚުގެ މަރުޙަލާއެވެ. އަދި ހަތަރުވަނަ މަރުޙަލާއަކީ ޤިޔާމަތް ދުވަހެވެ. 

އިންސާނެއްގެ ޢުމުރާމެދު ވިސްނާލައިފިނަމަ، އޭނައަށް މި ދުނިޔޭގައި އުޅުމަށް ލިބިފައިވަނީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ. އެހެންކަމުން މި ޙަޔާތަކީ ހެޔޮ ގޮތުގައި ވޭތުކުރާ ޙަޔާތަކަށް ހެދުމަށް، އިންސާނާ ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. އެހެނީ އިންސާނާގެ ނަތީޖާ ބިނާވެގެންދަނީ މި ޙަޔާތުގައި، އޭނާ ކުރި މަސައްކަތަކަށެވެ. ﷲ ތަޢާލާ އެންގެވި ގޮތަށް މި ޙަޔާތް ވޭތުކޮށްފިނަމަ  ދެން ހުރި މަރުޙަލާތައް އެމީހަކަށް ފަސޭހަވެގެންދެއެވެ. އަދި ﷲ ތަޢާލާ ނުރުއްސަވާ ގޮތަށް މި ޙަޔާތް ވޭތުކޮށްފި ކަމުގައިވާނަމަ، އެ މީހަކަށް ދެން ހުރި މަރުޙަލާތައް އުދަނގޫވެގެންދެއެވެ. މި ދުނިޔޭގެ ޙަޔާތަށްފަހު، އިންސާނާ އެންމެ ފުރަތަމަ ކުރިމަތިލާން ޖެހޭ މަރުޙަލާއަކީ ބަރުޒަޚުގެ ޙަޔާތާއެވެ. އެހެންކަމުން ބަރުޒަޚުގެ (ކަށްވަޅުގެ) މަރުޙަލާއަކީ ވަރަށް މުހިއްމު މަރުޙަލާއެކެވެ. ބަރުޒަޚުގެ ޙަޔާތާއި ބެހޭ ގޮތުން ކޮންމެ މުސްލިމަކުވެސް، މަޢުލޫމާތު އިތުރުކުރުމަކީ މުހިއްމުކަމެކެވެ. ބަރުޒަޚުގެ ޙަޔާތަކީ އިންސާނާ މަރުވުމަށްފަހު ޤިޔާމަތާއި ހަމައަށް ވޭތުކުރަންޖެހޭ ޙަޔާތެވެ. 

ޤަބުރެއްގެ ކައިރިއަށް ޢުޘްމާން رضي الله عنه ހުއްޓިވަޑައިގަންނަވާހިނދު، އެކަލޭގެފާނުގެ ތުނބުޅިފުޅު ތެމެންދެން ކީރިތި ކުރައްވައެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. ކަލޭގެފާނު ސުވަރުގެއާއި ނަރަކަ ޛިކުރުކުރައްވާއިރު ކީރިތި ނުކުރައްވައެވެ. އަދި މިތަނުގައި ކީރިތި ކުރައްވަނީތޯއެވެ؟ ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

)إِنَّ الْقَبْرَ أَوَّلُ مَنْزِلٍ مِنْ مَنَازِلِ الْآخِرَةِ، فَإِنْ نَجَا مِنْهُ، فَمَا بَعْدَهُ أَيْسَرُ مِنْهُ، وَإِنْ لَمْ يَنْجُ مِنْهُ، فَمَا بَعْدَهُ أَشَدُّ مِنْهُ(  

މާނައީ: "ހަމަކަށަވަރުން ކަށްވަޅަކީ އާޚިރަތުގެ މަންޒިލުތަކުގެ ތެރެއިން ފުރަތަމަ މަންޒިލެވެ. ފަހެ، އެއިން ސަމާލަތްވެއްޖެމީހާ ދަންނައެވެ. ފަހެ، އޭގެ ފަހަށް ހުރި ކަންތައްތައް އެއަށްވުރެ ފަސޭހަވެގެންވެއެވެ. އަދި އެއިން ސަލާމަތް ނުވިމީހާ ދަންނައެވެ. ފަހެ، އޭގެ ފަހަށް ހުރި ކަންތައްތައް އެއަށްވުރެ އުނދަގޫވެގެންވެއެވެ". 

އަލްއަޚް ޢަބްދުލްމުޢިއްޒު ރަޝީދު/ ދިސަލަފިއްޔާގައި ލިޔުއްވާފައިވާ "ބަރުޒަޚުގެ ޙަޔާތް" ލިޔުއްވުމުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް