އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭޝިއާ ކަޕް އަންހެން ކޮލިފައިންގެ ތިންވަނަ ދިވެހިރާއްޖެއިން ހޯދައިފި

އޭޝިއާ ކަޕް އަންހެން ކޮލިފައިންގެ ތިންވަނަ ދިވެހިރާއްޖެއިން ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފައިންގައި ރާއްޖޭގެ ޒުވާން އަންހެން ޓީމުން ބަންގްލަދޭޝް ބަލިކޮށް ލޯ މެޑަލް ހޯދައިފިއެވެ.

އިއްޔެ މެންދުރު ޒުވާނުންގެ މަރުކަޒުގައި ކުޅުނު ތިންވަނަ ހޮވާ މެޗުގައި ރާއްޖެއިން ބަންގްލަދޭޝް ބަލިކުރީ 86-22 ޕޮއިންޓުންނެވެ.

މި މެޗުގެ ފުރަތަމަ ކުއާޓާ ދިވެހިރާއްޖެއިން ނިންމާލީ 23-0 ގެ ބޮޑު ލީޑެއްގައި އޮވެގެންނެވެ. ދެވަނަ ކުއާޓާ ނިމުނުއިރު ރާއްޖެއަށް 38 ޕޮއިންޓް ލިބުނުއިރު ބަނގްލަދޭޝްއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ތިންވަނަ އަދި ހަތަރުވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ބަދަލު ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. ތިންވަނަ ކުއާޓާ ނިމުނުއިރު ރާއްޖެއިން 56 ޕޮއިންޓް ހޯދިއިރު ބަނގްލަދޭޝްއަށް ހޯދުނީ 9 ޕޮއިންޓެވެ. ފަހު ކުއާޓާގައި ބަންގްލަދޭޝްއިން ހިތްވަރުކުރި ނަމަވެސް ދިވެހިރާއްޖެއިން ވަނީ ލީޑު ދަމަހައްޓައި، 86-22 އިން މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗުގައި ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު، ލައިރާ އަހުމަދު ފިރާޝް ވަނީ 12 ޕޮއިންޓް ސްކޯކޮށް، 20 ރީބައުންޑް ނަގައިފަ އެވެ. ދެން، އެންމެ ރަނގަޅަށް ކުޅުނު މަރިޔަމް ކައިލީން ޝިރުހާން ވަނީ 30 ޕޮއިންޓް ސްކޯކޮށް، ހަ ރީބައުންޑް ނަގާފަ އެވެ. ކައިލީން ސްކޯކުރި 30 ޕޮއިންޓްގެ ތެރެއިން ގިނަ ޕޮއިންޓަކީ ތްރީ ޕޮއިންޓްތަކެވެ.

މިއީ ރާއްޖޭގެ ޒުވާން ބާސްކެޓްބޯޅަ އަންހެން ޓީމެއް ސަރަހައްދީ ބާސްކެޓްބޯޅަ މުބާރާތަކުން ހޯދި ފުރަތަމަ މެޑަލްއެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު