އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު
ފިލިޕީންސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގައި އުރީދޫ ނޭޝަން އަދި ފިލިޕީނޯސް އިން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (ފިމްބާ)ގެ ފަރާތުން ފޯރިގަދަ އެމްއެލްބީބީ ކޮމިއުނިޓީ ކްލޭޝް މުބާރާތެއް ބާއްވައިފިއެވެ. ފިލިޕީންސް ކޮމިއުނިޓީގެ 150 އަށް ވުރެ ގިނަ މީހުން ބައިވެރިވި މިނިވަންދުވަހުގެ މި އިވެންޓުގައި ސަގާފީ ހަރަކާތްތަކާއި ލަކީޑްރޯ އަދި އީސްޕޯޓްސް ހިމެނިފައިވެއެވެ.
ކޮމިއުނިޓީ ޑްރިވެން އީސްޕޯޓްސް މުބާރާތުގެ އެއް ވަނަ ހޯދުމަށް 70 އަށް ވުރެ ގިނަ ކުޅުންތެރިން ހިމެނޭ ގޮތަށް ޖުމްލަ 12 ޓީމެއް ވަނީ ވަރުގަދަ ވާދަވެރި ކުޅުމެއް ދައްކައިފަ އެވެ. މިމުބާރާތް ބޭއްވިފައިވަނީ މާލޭގެ އޯޓީޕީ ރެސްޓޯރަންޓުގައި 12 އަދި 13 ޖޫންގައެވެ. "ތާސްޑޭ ކްލަބުން" ޗެމްޕިއަނުންގެ ގޮތުގައި ހޯދީ، އިނާމު ފައިސާގެ ގޮތުގައި 7،500 ރުފިޔާ އާއި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 5ޖީ އެއާފައިބާއެއް ވަނީ ލިބިފައެވެ. ދެ ވަނަ ވޮރިއާސް ޕީއެޗް އަށް ލިބި 4،500 ރުފިޔާ ގެ ފައިސާގެ އިނާމެއް ލިބުނެވެ. އަދި ތިން ވަނަ ހޯދި މަލިގްނޯ ޓީމަށް 3000 ރުފިޔާ ވަނީ ލިބިފައެވެ
އުރީދޫ ނޭޝަންގެ މި ހާއްސަ އެޑިޝަނަކީ ހަމައެކަނި މުބާރާތެއް ނޫނެވެ. އެއީ ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ މުޖުތަމައުގެ ތެރޭގައި އެއްބައިވަންތަކަމާއި ހުނަރުވެރިކަމާއި ސަގާފީ ފަޚުރު ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. ޓެކްނޮލޮޖީ އާއި އީސްޕޯޓްސްގެ ބާރުން ތަފާތު މުޖުތަމައުތަކަށް އެއްބައިވަންތަކަށް އުފައްދާދީ ގުޅާލުމަކީ އުރީދޫ ފަޚުރުވެރިވާ ކަމެކެވެ..
Advertisement
17 ޖޫން 2025