އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްކަން އެނގެން ބޭނުންތަ؟: ޝައިޚް މުޙައްމަދު ބާޖޫރު

ތިމާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްކަން އެނގެން ބޭނުންތަ؟: ޝައިޚް މުޙައްމަދު ބާޖޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެނގެން ބޭނުންވާނެ އެއްކަމަކީ ތިމާއަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެވެ. ކިތަންމެ ބޮޑަށް ބޭނުންވިނަމަވެސް އެއީ މިދުނިޔޭގައި އަހުރެމެންނަށް އެނގެން އޮތްކަމެއް ނޫނެވެ.  

ރަސޫލް ގެ ޒަމާނުގައި އިތުރުއެކަލޭގެފާނު މެދުވެރިކުރައްވަވައި ﷲ ތަޢާލާ ވަނީ ބައެއް ޞަޙާބީބޭކަލުންނަށް އެކަން އަންގަވައިދެއްވަވައިފައެވެ. ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު 10 ބޭކަލަކަށް ލިބިވަޑައިގެންނެވިއެވެ. އަދި ރަސޫލް ވަނީ ބައެއް ބޭކަލުންނަށް ރުހިވަޑަިގަތުމުގެ ބަސްފުޅު ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއެންމެ ބޭކަލުންނަށާއި ކަނބަލުންނަށް ﷲ ތަޢާލާ އެންމެ ހެޔޮ ރަޙްމަތް ލައްވަވާށި! އާމީން 

މިއަދަކު އެފުރުޞަތެއް ނެތެވެ. ޢިލްމްވެރިން މިއަދު ބަޔާންކުރައްވަވަނީ އެކަމުގެ ބައެއް ޢަލާމާތްތަކެވެ. އެއިގެ ތެރޭގައި ވީހައިގިނައިން ހެޔޮ ޢަމަލުތައްކުރަން ޝައުޤުވެރިވުމާއި ރިވެތި ސުލޫކުގައި ޘާބިތުވެހުންނަން މަސައްކަތްކުރުމާއި ނަހީކުރައްވަވާފައިވާ ކޮންމެ ކަމަކަށް ބިރުވެތިވެ ރައްކަތެރިވުން ފަދަ ބައެއް ކަންކަން ފާހަގަކުރައްވަވައެވެ.  

ކޮންމެ ދުވަހެއް ނިމުމުންވެސް އެދުވަހު ތިމާއަށް ކުރެވުނު ކަންކަން ހިތަށް ގެންނާށެވެ! ﷲ ތަޢާލާގެ މަގުގައި ހޭދަކުރެވުނީ ކިހައި ވަޤުތެއްތޯ ބަލައިލާށެވެ! ފަރުޟުތައް އަދާކުރެވުނުތޯއާއި ސުންނަތް ކުރެވުނު މިންވަރެއް ބަލައިލާށެވެ! އަދި ހަވާ ނަފްސް އެކަންކަން ކުރަން އެދުނު ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވެ އެކަންކަން ކުރުމާއި ދުރުހެލިވެވުނު ކަންކަމަށްވެސް ވިސްނައިލާށެވެ!  

ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. އެކަން ކާމިޔާބުކުރެވޭނީ މިބުނި މަގުން ހަމަކޮންމެ ދުވަހަކުވެސް ވިސްނައި ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރެވިގެންނެވެ.

 

- ޝައިޚް މުޙައްމަދު ބާޖޫރުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް