އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 44 ސިކުންތު
ވަކި އޮފީހެއް ނޫނެވެ. އޮފީސްތަކުގައާއި އެހެންވެސް ތަންތަނުގައި މިއަދު ގިނައީ ނަމާދުނުކުރާ މީހުންނެވެ. ނަމާދަށް ސަމާލުކަން ނުދޭ މީހުންނެވެ. އެކަން އެންމެ ބޮޑަށް އެނގޭ އެއްސަބަބަކީ ގިނަބައަކަށް ނަމާދު ވަޤުތައްވެސް ނުއެނގޭ ކަމެވެ. ނަމާދުކުރާ އެކުވެރިންނަށް ނަމާދުވަޤުތުތަކުގައި ފޯނުކުރާތީ އެމީހުންނަށް އެއީ ނަމާދު ވަޤުތުކަން ނުއެނގޭކަން އެނގިގެންދެއެވެ.
އެއްތަނެއްގައި މަސައްކަތްކުރާއިރު މަސައްކަތުގެ ގޮތުން ބާއްވަން ޖެހޭ އެކުވެރިކަމަށްވުރެ ގާތް ގުޅުމެއް ބާއްވަންވާނީ ނަމާދުކުރާ މީހުންނާއިއެވެ. ސަބަބު ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
އަޅުގަނޑު ނަމާދުކުރަމެވެ. ވަޒީފާ އަދާކުރެވެނީ ނަމާދު ނުކުރާ ރަށްޓެހިންތަކަކާ އެކުގައެވެ. އެކުވެރިން ނަމާދުނުކުރާނަމަ އެކަމުގެ އެއްވެސް އަސަރެއް އަޅުގަނޑަށް ކުރާނެތޯ؟
ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ އެކުއުޅޭ މީހުންނަށް ނަޞޭޙަތް ދިނުމެވެ. އަދި ނަމާދު އެޅުމަކީ ކިހާވަރެއްގެ ނުބައި ކަމެއްކަމާއި، އޭގެ ސަބަބުން ޤިޔާމަތް ދުވަހު ލިބޭނެ ގަދަފަދަވެގެންވާ ޢަޛާބުގެ ވާހަކައިން އިންޒާރު ކުރުމެވެ.
ނަމާދު އެޅުމަކީ މީހާ އިސްލާމް ދީނުން ބޭރުވެ، މުރުތައްދު ވެގެންދާނެކަމެއްކަން އޭނައަށް އަންގައި ދިނުން މުހިއްމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރެއްވިއެވެ.
( مَنْتَرَكَالصَّلَاةمتعَمّدًافَقَدْكَفَرَ )
މާނައަކީ: " ޤަޞްދުގައި ނަމާދު އަޅައިފި މީހާ ކާފިރު ވެއްޖެކަން ކަށަވަރެވެ."
އަދިވެސް އެހެން ޙަދީޡެއްގައި އައިސްފައިވެއެވެ.
( اَلْعَهْدُالَّذِيبَيْنَنَاوَبَيْنَهُمْالصَّلاة, فَمَنْتَرَكَهَافَقَدْكَفَرَ)
رواهأحمد.
މާނައަކީ: " ތިމަންނާމެންނާއި އެބައިމީހުންނާއި ދެމެދުގައިވާ ޢަހްދަކީ ނަމާދެވެ. ނަމާދު އަޅައި މީހާ ކާފިރުވެއްޖެކަން ކަށަވަރެވެ."
އަދި ވެސް ޙަދީޡްކުރެއްވިއެވެ.
(إِنَّبَيْنَالرَّجُلِوَبَيْنَالشِّركِوَالْكُفُرِتَركَالصَّلَاة ) رواهمسلم.
މާނައަކީ: " ހަމަކަށަވަރުން އަޅާއާއި ކާފިރުކަމާއި ޝިރުކާއި ދެމެދުގައިވާ އިންފާރަކީ ނަމާދު ދޫކުރުމެވެ."
އިސްވެދިޔަ ޙަދީޘްތަކުން ދޭހަހަވެގެންދަނީ ނަމާދު ޤަޞްދުގައި ޢަޅާފައިނަމަ އެމީހަކު ދީނުން ބޭރުވާނެކަމެވެ. އެހެންކަމުން ނަމާދަށް ފަރުވާތެރިވުން އެއީ ކޮންމެމުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ނަޞޭޙަތްދިނުމަށް ފަހުގައިވެސް އޭނަ ނަމާދަށް ފަރުވާތެރި ނުވެއްޖެނަމަ އޭނައާއި އެއްކޮށް ކައިބޮއި މަޖާކޮށް ވާހަކަ ދައްކައި ހަދާ އުޅެގެން ނުވާނެއެވެ. އޭނަގެ ކިބައިން ދުރުހެލިވާން ވާނެއެވެ. ނަމަވެސް މިހިސާބަށް ކަންތައް ގެންދިޔުމުގެ ކުރިން އެބައިމީހުން އިޞްލާޙު ކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
19 ޖޫން 2025